ޕްރިތީ ޒިންތާ އަށް އެމެރިކާގެ ސިޓްކޮމް އަކުން ފުރުސަތު ލިބިއްޖެ

ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ --

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ، 44، އަށް އެމެރިކާގެ ސިޓްކޮމް އަކުން ފުރުސަތު ލިބިއްޖެ އެވެ.

އެމެރިކާގެ މީހަކާ ކައިވެނިކޮށް އެ ގައުމުގައި ދިރިއުޅެމުން ގެންދާ ޕްރިތީ ސޮއިކުރީ ޑިޒްނީ އިން ގެނެސްދޭ ޝޯއެއްގަ އެވެ. ފްރެޝް އޮފް ދަ ބޯޓް" ތަރިއެއްގެ ގޮތުން އޭނާ ފެނިގެންދާއިރު ކޮމީޑިއަން ވީރު ދާސްވެސް އޭގެން ފެންނާނެ އެވެ.

އެ ތަރިން ފިލްމުން ފެނިގެންދާނީ ދެމަފިރިއެއްގެ ރޯލުންނެވެ. ޕްރިތީ މަންމައެއްގެ ރޯލުން ފެނިގެންދާ އިރު ވީރް ފެންނާނީ ބައްޕަގެ ރޯލުންނެވެ.

"ފްރެޝް އޮފް ދަ ބޯޓް" އަންނަކީ 2015 ވަނަ އަހަރުން ފެށިގެން ދައްކަމުންނެވެ. އެ ސިޓްކޮމް އަކީ ރަޗްނާ ފްރަޗްބޮމް ލިޔެ ޕްރޮޑިއުސްކުރާ ސިޓްކޮމްއެކެވެ.

ސިޓްކޮމްގެ ޖުމްލަ 106 އެޕިސޯޑް މިހާތަނަށް ވަނީ ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި މި ސިޓްކޮމް ދައްކާނީ އަންނަ އަހަރުގަ އެވެ.

comment ކޮމެންޓް