ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް އައިޔޫއެމްއިން މަސައްކަތްތަކެއް ކުރަނީ

އޮކްޓޫބަރ 30، 2019: ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޓިވިސް(އައިޔޫއެމް)ގެ އިސްވެރިން ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްދު ފަހަނައަޅައި ދިއުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސެމިނާއެއް ބާއްވަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ގައުމީ ތަރައްގައީ އަދި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ އިބްރާހިމް ޒަކަރިއްޔާ ވިދާޅުވީ އެ ޔުނިވާސިޓީގެ އަމާޒަކީ ތިލަފަތް ހަމަހައްދު ފަހަނައަޅައިދިއުމުގެ ފިކުރުތަކާ ދުރު އަދި ހަމަ ދީނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ވިސްނުމުން މުޖުތަމައު ސަލާމަތްކޮށްިދނުމުގެ ވިސްނުމުގައި ތަނަކަށް ހެދުން ކަމަށެވެ.

"މުސްތަގުބަލުގައި ތިބޭފުޅަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ފެންނާނެ މި ދާއިރާއިން އެކި ކަހަލަ ރިސާޗްތައް ހަދާ ޕަބްލިޝް ކުރަމުންގެންދާތަން. އަދި އިރާދަކުރެއްވިއްޔާ މާދަން ނޫން އަނެއްދުވަހުގެ ރޭ ސިލްސިލާ ބައްދަލުވުންތަކެއްގެ ގޮތުގަިއ ތަންކޮޅެއް އިލްމީ ފެންވަރެއްގައި އެމައުލޫއަށް ވާހަކަ ދެއްކުމުގެ ގޮތުން ސެމިނާއެއް މިދަނީ ރާވަމުން." ޒަކަރިއްޔާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ އެ ސެމިނާ އޮންނާނީ އަންނަ ބުރާސްފަތުދުވަހުގެ ރޭ އައިޔޫއެމްގައި ކަމަށެވެ. އަދި އެ ސެމިނާގައި ރާއްޖޭގައި ތިބި މަޝްހޫރު އިލްމުވެރިން ބައިވެރިވެވަޑައިގެންނަވާނެ ކަމަށާއި އޭގެ ތެރޭގައި މެލްބަންގައި މަސައްކަތްކުރައްވާ ޕްރޮފެސަރެއްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އައިޔޫއެމްގެ މުގައްރަރުތައް އެންމެ ކުރިއްސުރެވެސް ބައްޓަންވެފައޮތީ އިސްލާމީ މެދު މިނުގެ މައްޗަށް ކަމަށެވެ.

"އެގޮތުން ޔުނިވާސިޓީގެ ކޯމޮޑިއުލްގެ ގޮތުގައި މިހާރުވެސް ކިޔަވައިދެވޭ އަންޑާގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގަ ވަރަށް ހާއްސަ މާއްދާތަކެއް. އޭގެ ތެރޭގައި މާސްޓާސް ލެވެލްގައި ކިޔަވައިދެވޭ މާއްދާއެއް އެއ ތައުހީދު ހިއުމޭނިޓީ އެންޑް ސިވިލައިޒޭޝަން ކިޔާ މާއްދާއެއް. އެ މާއްދާ އަމާޒުކޮށްފައި އޮތީ ތަފާތު ހިޔާލުތަކުގެ މީހުންނާއެކީ ދިރިއުޅެވޭނެ މަގު ފަހިވެގެން ދިއުމާއި އަދި ދީނުގެ ސަމާހަތާ މާތްކަމާ މަތިވެރިކަން މީހުންނަށް ވިސްނިގެންދާނެ ރީތި ގޮތްތައް ގޮތްތަކާ އިސްލާމް ދީންގެ ރީތި ގޮތްތައް މީހުންނަށް ވިސްނިގެންދާނެ ގޮތައް ހިކުމަތްތެރިގޮތަށް މިސްރާބު ޖެހޭނެ ގޮތަށް." ޒަކަރިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް