ގޭމް އޮފް ތްރޯންސްގެ ޑީއެންޑީ ސްޓާ ވޯސްވެސް ދޫކޮށްލައިފި

ގޭމް އޮފް ތްރޯންސްގެ ޝޯރަނާސް ޑޭވިޑް ބެނީއޮފްް އާއި ޑީބީ ވީސް (ޑީއެންޑީ) --- ފޮޓޯ : ވެނިޓީ ފެއާ

މަޝްހޫރު ޓީވީ ޝޯ ގޭމް އޮފް ތްރޯންސްގެ ޝޯ ރަނާސް ކަމަށްވާ ޑޭވިޑް ބެނީއޮފްް އާއި ޑީބީ ވީސް ނުވަތަ ޑީއެންޑީ، ސްޓާ ވޯސް ފްރެންޗައިޒްވެސް ދޫކޮށްލާފައި ގޮސްފި އެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން ނިންމާލާފައި ވަނީ ވަރަށް "އަވަސް އަރުވާލައިގެން" ކަމަށް ފޭނުން ބުނެ އެވެ. ބެލުންތެރިންނަށް ސީޒަން ކަމު ނުދިޔަ އިރު ޑީއެންޑީ ބުނެފައިވަނީ އެމީހުން އެ ޝޯ ދޫކޮށްފައި ދަނީ ސްޓޯ ވޯސްއަށް ވަގުތު ދިނުމަށް ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެ ދެމީހުން ސްޓާ ވޯސްވެސް ދޫކޮށްލުމުން އެތައް ބަޔަލު ތިބީ ހައިރާން ވެފަ އެވެ.

ސްޓާ ވޯސްގެ އާ ޕްރޮޖެކްޓެއް ފެށުމަށް އެ ދެމީހުންނާއި ނެޓްފްލިކްސް އާ ދެމެދު ވަނީ އޯގަސްޓު މަހުގައި އެއްބަސްވެފަ އެވެ. ނެޓްފްލިކްސް އިން 2022 ގައި ނެރޭ ސްޓާ ވޯސް ފިލްމަށް ވަނީ 250 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ ދެމީހުން ބުނިީ ސްޓާ ވޯސްއަށް ބޭނުންވާ ވަރަށް ވަގުތު ނުދެވޭ ކަމަށާއި އެންމެ ފުރިހަމައަށް އެ ޕްރޮޖެކްޓަށް ވަގުތު ނުދެވޭ ނަމަ ފިލްމަށް އިންސާފު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސްޓާ ވޯސް އުފެއްދުމާ ދުރުވާން ނިންމާފައިވާ ކަމަށް ޑީއެންޑީ ބުންޏެވެ.

ޑީއެންޑީ އެ ޕްރޮޖެކްޓް ދޫކޮށް ދިޔުމަކީ ފިލްމުގެ ރިލީޒް އަށް ލަސްވެދާނެ ކަމެއް ކަމަށް ނެޓްފްލިކްސް އިން ބުނެ އެވެ. އަދި ކުރިއަށް އެ ޕްރޮޖެކްޓް ގެންދާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް ނެޓްފްލިކްސް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް