ގޭމް އޮފް ތްރޯންސްގެ އާ ސީރީޒް ކެންސަލް!

ގޭމް އޮފް ތްރޯންސްގެ އަޔަން ތްރޯން

މިހާތަނަށް ދެއްކި އެންމެ ބޮޑު އެއް ޓީވީ ސީރީޒް ކަމަށްވާ "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއެލް އެޗްބީއޯއިން ކެންސަލްކޮށްލައިފި އެވެ.

އެޗްބީއޯއިން ދައްކަމުން ދިޔަ ގޭމް އޮފް ތްރޯންސްގެ ޕްރީކުއެލް ސީރީޒްއެއްގެ މަސައްކަތް ކުރާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ވަނީ މީގެކުރީން ބުނެފަ އެވެ.

ޖޭން ގުޑްމަން ޑައިރެކްޓުކުރި ގޭމް އޮފް ތްރޯންސްގެ ޕްރީކުއެލްގެ ޕައިލެޓު ވަނީ އެޗްބީއޯއަށް ދާދި ފަހުން ފޮނުވައިފަ އެވެ. ނަމަވެސް އެޗްބީއޯއިން އެ ޕައިލެޓު ނަގާފައެއް ނުވެ އެވެ.

ޖޭން ބުނެފައިވާގޮތުގައި އެ ޕްރީކުއެލްގެ ފެންވަރު އެޗްބީއޯ ބޭނުންވާ ފެންވަރަށް ނުފޯރާ ކަމަށް އެ ކުންފުނީން ވަނީ އޭނާ ގާތު ބުނެފަ އެވެ. އެ ޕައިލެޓް އެޕިސޯޑަށް ބައެއް ބަދަލު ގެނައުމަށް ފުރަތަމަ ބުނި ނަމަވެސް ފަހުން މުޅި ޕައިލެޓު ކެންސަލު ކޮށްލުމަށް އެޗްބީއޯ ބުނެފައިވާ ކަމަށްވެސް އޭނާ ބުނެ އެވެ.

އާ ގޭމް އޮފް ތްރޯންސް ބިނާކޮށްފައި ވަނީ އޮރިޖިނަލް ޝޯގެ ޓައިމްލައިންގެ 10،000 އަހަރު ކުރީގެ ދުނިޔެއަކަށް ބިނާކޮށެވެ.

އެ ޝޯގައި ހޮލީވުޑްގެ އޭ ލިސްޓު ކާސްޓެއް ހިމެނެ އެވެ. އޭގެތެރޭގައި ނެއޯމީ ވަޓްސް އާއި ޖޭމީ ކެމްޕްބެލް ބައުވާ އަދި ނެއޯމީ އެކީ ހިމެނެ އެވެ.

އެ ޝޯ ތައްޔާރުކޮށްފައި ވަނީ ގޭމް އޮފް ތްރޯންސް ވާހަކަ ލިޔުންތެރިޔާ ޖޯޖު އާރު އާރު މާޓިންގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް