ޝްވެކުން އޮތީ ޑާކްރެއިން އަށް ދަރާފައި!

ފިލްމުގެ ޕޯސްޓަރެއް--

ޝްވެކް ސިނަމާގައި ދެއްކި ދިވެހި ފިލްމު ގޮށްރާޅުގެ ޝޯތަކުގެ ޓިކެޓް ވިއްކައިގެން ލިބެން ޖެހޭ ފައިސާ އަދިވެސް ޑާކްރެއިނަށް ނުދޭކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެފި އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" ގެ ގިނަ ޝޯތަކެއް ވަނީ ޝްވެކް ސިނަމާގައި ދައްކާފަ އެވެ. ޝްވެކް ސިނަމާގައި ގޮށްރާޅުގެ ގިނަ ޝޯތަކެއް ދެއްކި ނަމަވެސް ޝޯގެ ރުފިޔާ އަދިއަދަށް ދިޔައިރުވެސް ޑާކްރެއިނަކަށް ނުލިބެ އެވެ.

ބެލުންތެރިންނާ ހަމަޔަށް މަޝްހޫރު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކްރެއިނުން ކުރި ޓްވީޓުގައި ބުނީ ގޮށްރާޅުގެ ޕޭމަންޓް އަދި ވެސް ނުލިބޭ ކަމަށާއި އެތައް ފަހަރެއްގެ މަތިން ޝްވެކް ސިނަމާގެ މަސްއޫލުވެރިންނަށް ގުޅުމުންވެސް ފޯނު ނުނަގާކަމަށެވެ. އަދި ކުރާ އެއްވެސް މެސެޖަކަށްވެސް ޖަވާބުދާރީ ނުވާ ކަމަށްވެސް އެ ޕްރޮޑަކްޝަން ހައުސިންއިން ބުންޏެވެ.

ގޮށްރާޅު ރިލީޒްކުރީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ސުވެކް ސިނަމާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

ފަސްތަރީގެ ބުލޮކްބަސްޓާ އެ ފިލްމު ގިނަ ބެލުންތެރިންނަށް ވަނީ ކަމުގޮއްސަ އެވެ.

ފިލްމު ޝްވެކް ސިނަމާގައި ދެއްކި ނަމަވެސް އެ ފިލްމުން ލިބުނު ފައިދާގެ 40 އިންސައްތަ ޝްވެކަށް ލިބެ އެވެ. ފިލްމު އެޅުވި ފަހުން މިހާރު ވަނީ އަށް މަސްވެފަ އެވެ.

comment ކޮމެންޓް