ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ނޯޓިސް ދިން މައްސަލަ މަޖިލީހުން ބަލަނީ

މިނިސްޓަރު ނަހުލާ: މިނިސްޓްރީގެ މުވައްޒިފުން ވަކި ކުރި މައްސަލަ ކޮމިޓީން ބެލުމަށް ވަނީ ތާވަލް ކޮށްފައި --- ފޮޓޯ/ މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބެލުމަށް މިއަދު ތާވަލް ކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނަށް ވަޒިފާއިން ވަކިކުރުމުގެ ނޯޓިސް ދޭން ފެށީ މިިދިޔަ ހަފްތާގަ އެވެ.

ކޮމިޓީންގެ ތާވަލްގައިވާގޮތުން ބެލުމަށް މިއަދު ތާވަލްކޮށްފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފުން ފޮނުވި ސިޓީތަކެވެ. ކޮމިޓީ ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ.

އެ މައްސަލަ ބެލުމަށް ކޮމިޓީޏް ތާވަލްކޮށްފައިވާއިރު، މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން "އަމަލު" ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މުވައްޒަފުން ވަކިކުރަން އުޅޭކަމަށްބުނެ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން މިނިސްތަރު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވަނީ، މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް