ޕާކިންގް ޒޯނެއް މިލިއަނެއްހާ ޑޮލަރަށް ވިއްކާލައިފި

ހޮންކޮންގްގައި ހުންނަ 79 ފަންގިފިލާގެ ދަ ސެންޓަރ ޓަވަރު--

ހޮންކޮންގްގައި ޕާކިންގް ޒޯނެއް އެއް މިލިއަން ޑޮލަރާ ގާތްކުރާ އަގަކަށް ވިއްކާލައިފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި 135 އަކަފޫޓުގެ އެ ޒޯނު ވިއްކާލާފައި ވަނީ 969،000 ޑޮލަރަށެވެ.

އެ ޒޯނު ވިއްކާލީ ހޮންކޮންގްގެ ޖޮނީ ޗުންގް ނަމަކަށް ކިޔާ ވިޔަފާރިވެރިކެވެ. ނަމަވެސް ޕާކިންގް ޒޯނު ގަތީ ކާކުކަން ހާމަކޮށްފައި ނުވެ އެވެ.

އެ ޕާކިންގް ޒޯނަކީ ހޮންގްކޮންގްގެ އެންމެ ބާރުބޮޑު، "ސެންޓްރަލް" އަވަށުގައި ހުންނަ 79 ފަންގިފިލާގެ ދަ ސެންޓަރު ޓަވަރުގެ ކުރިމަތީގައި އޮތް ޒޯނެކެވެ. އެ ޓަވަރަކީ ޑީބީއެސް ބޭންކް ފަދަ ބޮޑެތި ކުންފުނިތަކުގެ އޮފީސް ހުންނަ އިމާރާތެވެ.

ޗުންގްއަކީ މީގެ ކުރިން ދަ ސެންޓަރ އިމާރާތުގެ ކުރިމަތީގައި އޮންނަ 400 ޕާކިންގް ސްލޮޓުގެ ތެރެއިން ތިން ސްލޮޓުގެ މިލްކުވެރިކަން އޮތް މީހެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އެ ތިން ޒޯނު ވެސް ލައްކައިގެ އަދަދުތަކުން ވިއްކާލާފަ އެވެ.

މީގެ ކުރިން ހޮންގްކޮންގްގައި އެންމެ އަގުބޮޑުކޮށް ޕާކިންގް ޒޯނެއް ވިއްކާލާފައި ވަނީ 760،000 އެމެރިކާ ޑޮލަރަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް