ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އިރުފާން ރުޝްދީ ހޯދަނީ

ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދަމުންދާ މ. ކުރިރުއްގޭ އިރުފާން ރުޝްދީ -- ފޮޓޯ/ ޕޮލިސް

މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކޮމިޝަނުން މިރޭ އިއުލާނުކުރީ މ. ކުރިރުއްގޭ، އިރުފާން ރުޝްދީ ހޯދުމަށެވެ. ކޮމިޝަނުން ބުނީ އިރުފާން ހޯދަން ބޭނުންވާ ކަމަށާއި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެ މައުލޫމާތު، ކޮމިޝަނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދުމަށް އިއުލާންކުރީ، "ސަން"އަށް އެނގިފައިވާ ގޮތުގައި، 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައިގައެވެ.

https://sun.mv/75015

ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީ ހޯދުމަށް 2016 ވަނަ އަހަރު ފުލުހުންވެސް ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް އޭނާ ފެނުނު ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

ފާތިރުގެ މަރައިލީ އޭރު މާލެ ތެރޭ ހިނގަމުން ދިޔަ ސިލްސިލާ މާރަމާރީތައް ހިނގި ދުވަސްވަރު އެވެ. އެ ދުވަސްވަރު ފާތިރުގެ އިތުރުން އިތުރު ދެ ކުޑަކުއްޖަވެސް ވަނީ މަރާލާފައެވެ.

comment ކޮމެންޓް