ފުނަދޫގައި ތެޔޮ ރައްކާ ކުރުމަކީ މާލެއަށް ހުރި ބޮޑު ނުރައްކަލެއް: ބޮންޑޭ

ކ. ފުނަދޫ: މާލޭ ކައިރީގައި އޮންނަ އެ ރަށަކީ އެސްޓޯއޯގެ ތެޔޮ ރައްކާ ކުރާ މައި ހަބު ---

ވިޔަފާރީ ކުންފުނި އެސްޓީއޯ އިން ރާއްޖެއަށް ގެންނަ ތެޔޮ، މާލެ ކައިރީގައި އޮންނަ ކ. ފުނަދޫގައި ރައްކާކުރުމަކީ މި ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރަމުން ބޮންޑޭ ވިދާޅުވީ، ތެލުގެ ރިޒާވު އެއްތަނެއްގައި ރައްކާކޮށްފައި ބެހެއްޓުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ބުއްދިވެރި ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެޔޮ ރައްކާކޮށް ވިޔަފާރީ ކުރެވޭނެ ގޮތެއް ހެނދުން ކަމަށެވެ.

"މާލޭގެ އަޅުގަނޑުމެންގެ ކުރިމަތީ މި އޮތީ ފުނަދޫ މިހާރު. އެ ފުނަދޫއަކީ މި ރާއްޖެއަށް ގެންނަ ހުރިހާ ތެލެއް ރައްކާ ކުރެވޭ ތަން އުސޫލެއްގެ ގޮތުން. އެކަމަކު ފުނަދޫ އެތަނުގައި އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ފުނަދޫގައި ހުރި ހުރިހާ ތެލެއް އެތަނުން އެހެން ތާކަށް ގެންގޮސް ރައްކާތެރި ސަރަހައްދަކަށް މާލެ އެބަ ހަދަންޖެހޭ،" ބޮންޑޭ ވިދާޅުވިއެވެ.

ރާއްޖޭގައި ތެލާއި ކާޑުގެ ބާވައްތަކުގެ ރިޒާވު ހުރީ ތިން މަސްދުވަހަށް ވާ ވަރަށްކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ، މި ސަރަހައްދުގައި ނުވަތަ ދުނިޔޭގެ އެހެން ސަރަހައްދެއްގައިވެސް ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ ތިން މަސް ދުވަސް ފަހުން ރާއްޖެއިން ތެލާއި ކާޑުގެ ބާވަތްތައް ހުސްވާނެ ކަމަށެވެ. އަދި ތެލުގެ ރިޒާވު އެއް އަހަރަށް މަތި ކުރަން ޖެހޭނެކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.

"ތެލުގެ ވިޔަފާރީ އެބަޖެހޭ ޕްރައިވެޓް ސެކްޓާއަށްވެސް ހުޅުވާލަން. އަދި ކައުންސިލުތަކުގައިވެސް ހަމަ އެކަނި އެސްޓީއޯއިންނެއް ނޫން ތެލުގެ ވިޔަފާރީ ކުރަން ޖެހޭނީކީ އެއް،" މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މާލެއަކީ މާލޭގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ތަނެއްގައ ގޮތުގައި ހެދުމަށް އެސްޓީއޯގެ ހުރިހާ އިމާރާތްތަކެއް މާލެއިން ބާލައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލަން ޖެހޭކަމަށް މެމްބަރު އެވެ. އަދި މާލެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މާލެ ތެރޭގައި ހުރި ހުރިހާ ވޯކްޝޮޕެއް މިހާރުން މިހާރަށް ބޭރު މަގުގައި ހުންނަ ތައިސޭ ކޮއްޓަށް ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއާ ދެމެދުގައި އޮންނަ ފުނަދޫގައި މިދިޔަ ސަރުކާރުން ވަނީ ތެޔޮ ރައްކާކުރާ ޓޭންކްތަކެއް ހެދުމަށް ދިހަ މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަރަދުކޮށް ބޮޑު މަޝްރޫއެއް ހިންގާފައެވެ. އެ މަޝްރޫއުގެ ތެރެއިން އަލަށް ހެދި ހަތަރު ޓޭންކާ އެކު ފުނަދޫގައި 48،000 ޓަނުގެ ޑީސަލް ރައްކާކުރެވޭއިރު، 10،000 ޓަނުގެ ޕެޓްރޯލް ރައްކާކުރެވެއެވެ.

comment ކޮމެންޓް