ނިކީ މިނާޖު ކައިވެނިކޮށްފި

ނިކީ މިނާޖު ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކެނެތު ޕެރީ --- ފޮޓޯ : އެމްއެސްއެން

ދާދި ފަހުން ރިޓަޔާވި ކަމަށް އިއުލާނުކުރި ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖު ކައިވެނިކޮށްފިއެވެ.

މި ހަފްތާއަކީ ހޮލީވުޑްގެ ބޮޑެތި ތަރީންގެ ކައިވެނީގެ ހަފްތާއެކެވެ. އެގޮތުން، ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެނިފާ ލޯރެންސް ވަނީ މިދިޔަ ހޯމަ ދުވަހު ކައިވެނިކޮށްފައެވެ.

ނިކީ ކައިވެނިކޮށްފައިވާ ކަން އިއުލާނުކުރީ ސޯޝަލް މީޑިއާގައެވެ. އޭނާ ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ކެނެތު ޕެރީއާއެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ މިދިޔަަ އަހަރުގެ ކުރީކޮޅުގައެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ނިކީ ބުނެފައިވަނީ ކައިވެނީގެ ލައިސެންސް ވަނީ މިދިޔަ މީގެ ދެ މަހެއް ކުރީން ހުށަހަޅާފައި ކަމަށެވެ.

ނިކީ ބުނީ އޭނާ ކައިވެނިކުރާ މީހަކާއެކު ދިރިއުޅުމެއް ފަށައި ދަރީންތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި މިއުޒިކް ކެރިއަރާ ދުރަށް ދިޔުމަށް ނިންމާފައިވަނީ ކައިވެނިކޮށް އާއިލާއެއް ފެށުމެވެ.

ލަވަކިޔުމުގެ އިތުރުން އޭނާއަކީ އެކްޓުކުރާ އަދި ފިލްމް ޕްރޮޑިއުސްކުރާ ފަންނާނެކެވެ.

comment ކޮމެންޓް