ކުރުފިލްމު "އުއްމީދު" ބައިސްކޯފަށް

އުއްމީދު ފިލްމުގެ ޕޯސްޓަރެއް ---

ޑާކްރެއިން ސްޓޫޑިއޯ އިން ތައްޔާރުކޮށްފައިވާ ކުރުފިލްމު "އުއްމީދު"، އޮންލައިން ސްޓްރީމިން ސާވިސް ބައިސްކޯފުން ދައްކަން ފަށައިފި އެވެ.

އުއްމީދަކީ 2008 ވަނަ އަހަރު ނެރެފައިވާ ބިރުވެރި ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ފަސް ފަންނާނެކެވެ. އެއީ މުހައްމަދު މަނިކާއި ޝީލާ ނަޖީބާއި އަހުމަދު އާސިމް އާއި އިބްރާހީމް ޖިހާދު އަދި ހަމްދާން ފާރޫގެވެ.

ފިލްމު ލިޔެ އަދި ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝީފާއު އެވެ. އެ ފިލްމުގެ ސިނެމެޓޮގްރަފީގެ މަސައްކަތްތައްކޮށްފައި ވަނީ މޫމިން ފުއާދެވެ. އަދި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ އެވެ.

އުއްމީދުގައި ފެނިގެންދާނީ ހަތަރު އެކުވެރިން އެހީއެއް ހޯދުމަށް "އުއްމީދު" ނަމަކަށް ކިޔާ ބޯޓަކަށް އަރައިގެން އުޅޭއިރު ދިމާވާ ކަންތައްތަކެވެ. އެ ބޯޓަކީ ނާމަން ބޯޓެއްކަން އެނގެނީ އެކުވެރިންތައް ބޯޓަށް އެރުމުންނެވެ.

އެ ފިލްމު އިއްޔެ ބައިސްކޯފުން ސްޓްރީމްކުރަން ފަށާފައިވާ އިރު ބައިސްފަށް ދަނީ ގިނަ އަދަދެއްގެ ދިވެހި ކޮންޓެންޓް އަޅަމުންނެވެ. އެގޮތުން މިހާރު ވެސް އެހާރާއި މިހާރުގެ ގިނަ ދިވެހި ފިލްމުތަކާއި ޝޯތައް ބައިސްކޯފުން ބަލާލަން ލިބޭނެ އެވެ.

comment ކޮމެންޓް