ކަރަންގެ "ޑްރައިވް"ގެ ޓްރެއިލާއެއް

ސުޝާންތު ސިންގ ރާޖްޕުތު އަދި ޖެކްލީން ފާނަންޑޭޒް--

ބޮލީވުޑްގެ ކާމިޔާބު ތަރި ސުޝާންތު ސިންގް ރާޖްޕުތު އާއި ޖެކްލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދާނެ ފިލްމު 'ޑްރައިވް' އަންނަ މަހު ނެޓްފްލިކްސްގައި ރިލީޒްކުރާއިރު އެ ފިލްމުގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ ކަރަން ޖޯހަރު ގެނެސްދޭ ފިލްމެކެވެ. ޝައުގުވެރި ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ފިލްމަކީ ތްރިލާ އަދި އެޑްވެންޗާ ފިލްމެކެވެ.

'ޑްރައިވް' އަކީ ހަމަ އެނަމުގައި 2011 ވަނަ އަހަރު ރިލީޒް ކުރި ހޮލީވުޑް ފިލްމުގެ އޮފިޝަލް ރީމޭކް އެވެ.

ފިލްމު އަޅުވަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އެ ތާރީޚުގައި ފިލްމު ރިލީޒް ނުކުރެވި، ސެޕްޓެމްބަރު 2018 އަށް އަނެއްކާ ވެސް ތާވަލު ކުރި އެވެ. އަދި އެ ތާރީޚުގައި ވެސް ފިލްމު ރިލީޒްކުރެވޭ ގޮތެއް ނުވި އެވެ. ދެން ފިލްމު ތާވަލްކުރީ މި އަހަރުގެ ޖޫން މަހަށެވެ. އެ ތާރީހު ފަހަނައަޅައިދިޔައިރުވެސް ފިލްމު ރިލީޒްކުރެވޭގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް