އެޕަލް އިން 260 ޑޮލަރުގެ އެއާޕޮޑެއް ނެރެނީ!؟

އެޕަލް އިން ނެރޭނެ ކަމަށް ބެލެވޭ އެއާޕޮޑް ޕްރޯގެ ރެންޑަރ ޑިޒައިނެއް ---

އެޕަލް ކުންފުނީގެ ވަޔަލެސް ހެޑްސެޓް ކަމަށްވާ "އެއާޕޮޑް" ސީރީޒްގެ ޕްރޯ މޮޑެލް އެއާޕޮޑް ނެރުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

"އެއާޕޮޑް ޕްރޯ" ކިޔާ މި އުފެއްދުމަކީ ނޮއިސް ކެންސެލިން އަށް ހާއްސަކޮށް ތައްޔާރުކުރާ އެއްޗެއް ކަމަށް ދެވޭ ވާހަކަތުން އެނގެއެވެ.

ދެކެވޭ ވާހަކަތަކުން އެނގޭގޮތުގައި އެ އެއާޕޮޑްގެ ޑިޒައިން ތަފާތު ވާނެއެވެ. އަދި އޭގެ އަގު 260 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޕްލާސްޓިކްގެ ބަދަލުގައި އެއާޕޮޑް ޕްރޯ ތައްޔާރުކޮށްފައި ހުންނާނީ ދަގަނޑު މެޓީރިއަލް އަކުން ކަމަށް ބައެއް ލީކުތަކުން ބުނެއެވެ.

ފެން ޖެހުމުން ގެއްލުން ނުވާނެ އެ އެއާޕޮޑް، މި މަސް ނިމުމުގެ ކުރީން ފެނިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެޕަލް އިން ވަނީ އެއާޕޮޑް ސީރީޒްގެ ދެ ހެޑްސެޓް ދައްކާލާފައެވެ. އެއާޕޮޑްގެ ދެ ސީރީޒްގެ އުފެއްދުމަށްވެސް މާބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

ދެ އެއާޕޮޑްގެ ޑިޒައިންނަށް ބަދަލުތަކެއް ގެނެސްފައި ނުވި ނަމަވެސް ބައެއް ފީޗާސްތައް ވަނީ އެއާފޮޑް 2 އަށް އިތުރުކޮށްފައެވެ. އެގޮތުން އާ އެއާޕޮޑް އަށް ވަނީ ވަޔާލެސް ޗާޖިންގެ ހިދުމަތް ތައާރަފުކޮށްފައެވެ.

comment ކޮމެންޓް