ކަސްޓަމްސްއިން ގިނަ އަދަދެއްގެ ރަލާއި ބޭސް ނައްތާލައިފި

ކަސްޓަމްސްއިން މީގެ ކުރިން ބަނގުރާ ނައްތާލަނީ -- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ރަލާއި ބޭސް ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި 833 ލީޓަރުގެ ރަލާއި، 13،208 ބޭސް ޓެބްލެޓު ހިމެނޭ ކަމަށެވެ. އަދި 949 ބޭސްފުޅި އާއި އޮރިޔާން ކާޑު ބާވަތްތަކުގެ 843 އެއްޗެއްވެސް ހިމެނޭ ކަމަށް އެ ސާވިސްއިން ބުންޏެވެ.

ކަސްޓަމްސްއިން އެ ތަކެތި ނައްތާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. ތިލަފުށީގައެވެ.

ނައްތާލި ތަކެއްޗަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ހުރެ މުއްދަތު ހަމަވި ތަކެއްޗާއި، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ، ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗެވެ.

comment ކޮމެންޓް