ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ" އަންނަ އަހަރަށް ތާވަލުކޮށްފި

ޑައިރެކްޓަރު ބަންސާލީ....

ސަންޖޭ ލީލާ ބަންސާލީ އާ ފިލްމު "ގަންގޫބާއީ" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

ގަންގޫބާއީ ރިލީޒްކުރާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ފިލްމުގެ ލީޑު ރޯލުކުޅޭނީ ބަތަލާ އާލިއާ ބަޓްކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ބަންސާލީ އެކަން ކަށަވަރުކޮށްދިނީ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރުމާއެކުގައެވެ.

ބަންސާލީ ބުނީ އެ ފިލްމުގެ އަންހެން ލީޑް ރޯލު ކުޅޭނީ އާލިއާ ކަމަށެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގެ މައްޗަށް ބިނާކޮށް އެ ފިލްމު ގެނެސްދޭން ވަނީ ނިންމާފައެވެ.

ބައެއް ހަބަރުތައް ބުނާގޮތުގައި ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަންއެވެ. މީޑިއާތަކުން އެގޮތަށް ރިޕޯޓްކުރި ނަމަވެސް ބަންސާލީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއްނުވެއެވެ.

ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ކާތިކް ހަމަޖައްސައިފި ނަމަ މި ފިލްމުވެގެންދާނީ އާލިއާ އާއި ކާތިކްގެ ޖޯޑު އެއްކޮށް ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް