ފުލުހަކާ ދެކޮޅަށް ހުށަހެޅި ބްލެކްމެއިލްގެ މައްސަލައެއް ބަލަނީ

--- ފޮޓޯ ފުލުހުން

ފުލުހަކާ ދެކޮޅަށް ހުށަހަޅާފައިވާ ބްލެކްމެއިލްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހުގެ ހަވަނަ ދުވަހު 29 އަހަރުގެ ފިރިހެން ފުލުހަކާ ދެކޮޅަށް ބްލެކްމެއިލްގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މިހާރު އެ މައްސަލައިގެ ޖިނާއީ ތަހުގީގެއްގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް މީހާއާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ބަލަމުން އަންނަ އިރު، މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ބްލެކްމެއިލްގެ ތުހުމަތުކޮށްފައިވާ ފުލުސް މީހާއަކީ އދ. ފެންފުށީގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށްވެއެވެ. ތަހުގީގަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް