ފަރީދީމަގުގައި ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓިއްޖެ

ފަރީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވުން -- ސަން ފޮޓޯ/ ފަޔާޒު

ފަރީދީމަގުގައި ހަދަމުންދިޔަ އިމާރާތަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ފަރީދީމަގުގައި ހަދަމުންދިޔަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާ ކަމަށެވެ. އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިމާރާތުން ވެއްޓިފައިވަނީ 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އައިޖީއެމްއެޗު ހޮސްޕިޓަލުގެ މިޑިއާ އޮފިޝަލު ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ހާލު ސާފުވާގޮތް ވަނީ ނުވެފައެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި ބިދޭސީއަކު ވަނީ މަރުވެފައެވެ.

އިމާރަތްކުރުމުގެ ދާއިރާގައި ސަލާމަތީ ކަންތައްކ ުޑަވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާލެއް ގިނައެވެ.

comment ކޮމެންޓް