ކޮއްދިއްޕަރު ފަޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކުރަނީ

ކޮއްދިއްޕަރުގައި ހިންގާ ރިސޯޓު -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އަމީން ކޮންސްޓްރަކްޝަން އާއި ސިންގަޕޫރު ކުންފުންޏެއް ގުޅިގެން ކޮއްދިއްޕަރު ފަޅުގައި އިތުރު ރިސޯޓެއް ރަރައްގީކުރަން ނިންމައިފި އެވެ.

އަމީން ކޮންސްޓްރަކްޝަނުން ބުނީ ކޮއްދިއްޕަރުގައި ތަރައްގީ ކުރާ ރިސޯޓު ތަރައްގީ ކުރާނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ޗިފް އެންޑް ސެންގް ކޯޕަރޭޝަން ލިމިޓެޑް (ސީއީއެސް) އާ ގުޅިގެން ޖޮއިންޓްވެންޗާ ޕާޓްނާޝިޕް އުސޫލުން ކަމަށެވެ.

ސީއީއެސް އަކީ ސިންގަޕޫރުގެ އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހޮސްޕިޓަލިޓީ އަދި ޕްރޮޕަޓީ އިންވެސްޓުމެންޓައި ތައުލީމީ ދާއިރާގައިވެސް އެ ކުންފުނިން ހަރަކާތްތެރިވެ އެވެ.

ކޮއްދިއްޕަރު ފަޅުގައިި ތަރައްގީކުރާ ރިސޯޓަކީ މަތީފަންތީގެ ރިސޯޓެއްކަމަށް އަމީން ކޮންސްޓްރަކްޝަނުން ވަނީ ބުނެފަ އެވެ. އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮއްދިއްޕަރު ފަޅުން ތިން ސަރަހައްދެއް އަމީން އަށް ދީފައިވާއިރު ކޮއްދިއްޕަރު ރިސޯޓަކީ މިހާރު ސީއީއެސް އިން ހިންގާ ރިސޯޓެކެވެ. ގްރޭންޑް ޕާކު ކޮއްދިއްޕަރުގެ ނަމުގައި ހިންގާ ރިސޯޓުގައި 120 ވިލާ ހުންނައިރު މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 20 މިނެޓުން ދެވޭ ސަރަހައްދުގައި އޮންނަ ރިސޯޓެކެވެ.

comment ކޮމެންޓް