ޗައިނާ އެމްބަސީއެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދީފި

ޗައިނާ އެމްބަސީއެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދީފި އެވެ.

ޗައިނާ އަށް އެމްބާސީ އެޅުމަށް ބިން ދީފައި ވަނީ ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިންނެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ ބިން ހަވާލު ކުުރުމުގެ ލިޔުން ޗައިނާ ސަފީރާ މިއަދު ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިކަމާ ގުޅިގެން ޗައިނާ ސަފީރު ވަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސަޓަރު އަބްދުﷲ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާ އަށް ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިމެއް ދީފައިވާއިރު، އިންޑީއާއަށްވެސް އެމްބަސީއެއް އެޅުމަށް ބިން ވަނީ ދޫކޮށްފައެވެ. އަދި އޭގެ އިތުރުން ބަންގަލަދޭޝް އަދި ސްރީލަންކާއަށް ވެސް އެ ސަރަހައްދުން ވަނީ ބިން ކަނޑައަޅާފައެވެ. ނަމަވެސް ދެ ގައުމަށް ރަސްމީކޮށް އަދި ބިން ހަވާލެއް ނުކުރެއެވެ.

ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އަކީ، ބޭރު އެކި ގައުމުތަކުގެ މިޝަންތަކަށް ބިންދޫކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެވެ.

comment ކޮމެންޓް