70 ކިލޯގެ މަސްތުވާކަތެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހީންގެ ބަންދަށް 15 ދުވަސް

ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޭރުގެ ބޯޓުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހީންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

އެ ދެ ދިވެހިންނަކީވެސް ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި މަސް ދޯނި (ހޭދަކުރި 7)ގައި ތިބި ދެމީހުންނެވެ. އެ ދޯނީގައި ތިބި އަނެއް ދެ ބަނގުލަދޭޝް ދެ މީހުންގެ ބަންދަށް 10 ދުވަހުގެ މުައްދަތު ވަނީ ޖަހައިދީފައެވެ. "ސަން" އަށް އެނގިފައިވާގޮތުގައި އެ ދޯނީގެ މަސް މަސްތުވާތަކެތި ބަލާދިޔަ "ހެދޭކުރި 7" ކިޔާ ދޯނީގެ މަސްއޫލުވެރިޔާވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތި އެތެރެކުރި ބޯޓުގައި ކާކުކަން ނޭނގޭ ހަ މީހަކު ތިބިކަމަށްވެސް ފުލުހުން ބުންޏެވެ. އެ ބޯޓަކީ އިރާނުގެ ދިދަ ޖަހާފައި ހުރި ބޯޓެކެވެ. އެ ހަމީހުންގެ ބަންދަށްވެސް 15 ދުވަސް ވަނީ ޖަހައިދީފައެވެ.

އެ ނެޓްވާކްގައި ހިމެނޭ އިތުރު ތިން މީހަކުވެސް ހައްޔަރުކޮށް އެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް 13 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބޭރު ބޯޓާއި ދިވެހި ދޯނި ވެސް މިހާރު އޮތީ ދޫނިދޫގައެވެ.

ފުލުުހުން ބުނީ އެ ބޯޓުން ފެނުނު ތިން ގޯނީގައި ހުރި 70 ޕެކެޓްގައި 70 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު، 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، ބޭރު ބޯޓުގައި ތިބި ހަ މީހުންނާއި، ދިވެހި ދޯނީގައި ތިބި ދެ ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް