"ނާގިން 4" އަކަށް ނިއާ އާއި ކްރިސްޓަލް!

ކްރިސްޓަލް ޑިސޫޒާ (ކ) އާއި ނިއާ ޝަރްމާ (ވ) ---

މަޝްހޫރު ސުޕަނެޗުރަލް ޑެއިލީ ސޯޕް ކަމަށްވާ "ނާގިން"ގެ ހަތަރު ވަނަ ސީޒަންގެ ލީޑް ރޯލަށް ނިއާ ޝަރްމާ އާއި ކްރިސްޓަލް ޑިސޫޒާ ގެނައުމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.

ޑެެއިލީ ސޯޕް އާއި ބޮލީވުޑްގެ ފިލްމުތަކުންވެސް މަގަބޫލުކަން ހޯދާފައިވާ ނިއާ އާއި ކްރިސްޓަލް، ނާގިންގެ ހަތަރު ވަނަ ސީޒަން އަށް އަންނާނެ ކަމުގެ ވާހަކަ ދެކެވުނަސް އަދި އެއްވެސް ފަރާތެއް އެވާހަކަ ކަށަވަރުކޮށްފައެއް ނުވެއެވެ.

އެކްތާ ކަޕޫރުގެ ނާގިން އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ.

ނާގިންގެ ހަތަރު ވަނަ ސީޒަން އަށް ނިއާ އާއި ކްރިސްޓަލް އަންނަ ނަމަ ދެ ފަންނާނީ ހަރުފައަށް ސިފަ ބަދަލުކުރެވޭ ކެރެކްޓަރުންގެ ގޮތުގައެވެ.

ނިއާ އާއި ކްރިސްޓަލް އަކީ މީގެކުރީންވެސް އެކީގައި މަސައްކަތްކޮށްފައިވާ ދެ ފަންނާނުންނެވެ. އެގޮތުން "އެކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ނަމަކަށް ކިޔާ ޝޯއެއްގައި ދެ ފަންނާނުން ވަނީ ދެބެންގެ ރޯލުން ފެނިގެންގޮސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ނާގިންގެ އާ ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.

ނާގިންގެ ފުރަތަމަ ދެ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ މޯނީ ރޯއި އާއި އަދާ ޝަރްމާއެވެ. އަދި ނާގިންގެ ތިންވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ކަރިޝްމާ ތަންނާ އާއި ސުރުބީ ޖްޔޯތީ އަދި އަނީތާ ހަސަންއަންދާނީ އެވެ.

comment ކޮމެންޓް