ދިރާގުގެ ހިދުމަތަށް 31 އަހަރު، ގައުމުގެ ތަރައްގީގެ ބައިވެރިއެއް

ދިރާގުގެ މުވައްޒަފުންތަކެއް -- ފޮޓޯ: ދިރާގު

ގައުމީ ތަރައްގީގެ އެއް ތަނބަކީ މުވާސަލާތީ ހިދުމަތެވެ. އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގައުމަށް ކުރިއެރުން އައުމުގައި މި ދާއިރާގެ ހިއްސާ ބޮޑެވެ.

ރާއްޖެ އުފެދިފައި އޮންނަގޮތުން މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަކީ ދަތި، ގޮންޖެހުން ބޮޑު ކަމެކެވެ. ނަމަވެސް މި ބޮޑު އިންވެސްޓުމެންޓުކޮށް ރާއްޖެ ބޭރު ދުނިޔެ އާއި ގުޅުވާލަ ދިނީ ދިރާގުންނެވެ. މުވާސަލާތީ ހިދުމަތް ފޯރުުކޮށްދިނުމުގައި ދިރާގުން ކުރާ މަސައްކަތަށް މިއަދު 31 އަހަރު ވީއެވެ.

ވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމަކަށްވާތީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަކީ ގޮންޖެހުމެކެވެ. ނަމަވެސް މި ގޮމްޖެހުންތައް ހުރަސްކޮށް ދިރާގުން ވަނީ ކުންފުނި އުފެދުނުތާ ގިނަ އަހަރުތަކެއް ނުވަނީސް ރާއްޖޭގެ ރަށްރަށަށް ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީފައެވެ. މިއީ އެކުންފުނީގެ ހަޔާތުގައި އޭތިު ލިބުނު ބޮޑު ކާމިޔާބީ އކެެވެ. ރާއްޖޭގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ދިރާގުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުން -- ފޮޓޯ: ދިރާގު

ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯނުގެ ހިދުމަތް ފުޅާކުރެވުމާއެކު ހުރިހާ ރަށެއް މުުވާސަލާތީ ވިއުގައިން ގުޅާލެވުނެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ދިނުމުގެ ބޮޑު މަޝްރޫއު ދިރާގުން ކާމިޔާބު ކަމާއެކު ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގައެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް އައެވެ. އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި، ވިޔަފާރިތަކާއި ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ބާރަކަށް ވިއެވެ.

މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް މުވާސަލާތީ ދާއިރާގައި ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަމުގެ އެއް ހެއްކަކީ މިހާރު މަދު ގައުމަކަށް ތައާރަފްކޮށްފައިވާ 5ޖީ ޓެކްނޮލަޖީވެސް ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފައިވުމެވެ. ދުނިޔޭގެ ބާޒާރަށް އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިރާގުން ދަނީ ރާއްޖެއަށް ތައާރަފުކުރަމުންނެވެ.

ދިރާގުން ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް 4 ޖީ އަދި 3 ޖީ ގެ ހިދުމަތް ފުޅާކޮށްފައި -- ފޮޓޯ: ދިރާގު

ރާއްޖޭގެ ޑިޖިޓަލް ލީޑަރަކީ ދިރާގު

ދިރާގަކީ ހަލުވި ދުވެލީގައި، ކުރިއަރަމުން، ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދިނުމަށް ގިނަ މަސައްކަތެއް ދިރާގުން ވަނީ ކޮށްފައެވެ. އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފައެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 75 ޕަސެންޓަށް ލިބެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމައްޓަކައި ސްރީލަންކާއާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1،253 ކިލޯމީޓަރުގެ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

މުއާސަލާތީ ހިދުމަތުގެ އެންމެ ކުރީގައި ދިރާގު ދެމިއޮތީ މިފަދަ ގިނަ ސަބަބުތަކާއެކުއެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތައް ފަރުމާކުރަމުންނެވެ. މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ދިރާގުންނެވެ. 5ޖީ ހިދުމަތަކީ އަދި މަދު ގައުމަކަށް ލިބޭ ހިދުމަތެކެވެ. މިފަދަ ޒަމާނީ ހިދުމަތެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުމަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމަކަށެވެ.

ދިރާގުގެ ހިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.

ދިރާގުން ވަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބު ގެނެސްފައި -- ފޮޓޯ: ދިރާގު

މިއީ ދިވެހިންގެ ކުންފުނި

ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ ދިރާގަކީ ދިވެހިންގެ ލެއާ ގުޅިފައިވާ، ދިވެހި ކުންފުންޏެކެވެ.

ދިރާގަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް އޮންނަ ދިވެހިން އިތުބާރުކުރާ އަދި ލޯބިވާ ކުންފުންޏެކެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިޙްތިޔާރުކޮށް ދިރާގާ އެކު ދެމި ތިބުމެވެ. މި ކަމުން ރަމްޒުކޮށްދޭ ކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމެއްގެ ތެރެއިން -- ފޮޓޯ؛: ދިރާގު

އިޖުތިމާއީ ރޮނގުގައި ދިރާގު

ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކުންފުންޏެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މުހިންމު އެއް ސިޔާސަތެވެ. މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ފާއިތުވި އަށް އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް ހާއްސަކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތެއްވެސް ބާއްވަމުންނެވެ. މިއީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުބާއްވާ ހަރަކާތެކެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި، 2008 ވަނަ އަހަރުން ފެށިގެން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ތިމާވެއްޓާމެދު ދިވެހިން ހޭލުންތެރިކޮށް، އެއްފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅު އަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.

މިދިޔަ 31 އަހަރު ތެރޭގައި ރާއްޖެއިން މުވާސަލާތީ ރޮނގުން ހަސިލްކޮށްފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ގެނެސްދިނުމުގައި ދިރާގުން އަދާކޮށްފައި ވަނީ މުހިންމު ގައުމީ މަސްއޫލިއްޔަތެކެވެ. އަދިވެސް އެ ކުންފުނި ދެމިއޮތީ އެގޮތުގައެވެ.

comment ކޮމެންޓް