ކޮމަލިކާގެ ރޯލު އާމްނާއަށް!

ކަސޯޓީގެ ކޮމޮލިކާގެ ރޯލުން ދެން ފެންނާނީ އާމްނާ ޝަރީފު---

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނުގައި ކޮމަލިކާގެ ރޯލު ކުޅޭ ބަތަލާ ހީނާ ޚާންގެ ބަދަލުގައި އާމްނާ ޝަރީފް ހަމަޖައްސައިފިއެވެ.

އާމްނާ، ކޮމަލިކާގެ ރޯލަށް ސޮއިކޮށްފައިވާކަން ޔަގީންވެފައިވާއިރު އާމްނާ ބުނީ އެ ރޯލު އެންމެ ފުރަތަމަ ހުށައެޅިއިރުވެސް އެ ރޯލަކީ ކިހާ ބޮޑު ރޯލެއްކަން އެނގޭ ކަމަށެވެ. އަދި ކުރިމަތިވާނެ ގޮންޖެހުންތައް ވެސް އެނގޭކަމަށެވެ.

"ވަރަށް ބޮޑު ޗެލެންޖިން އަކަށްވާނެ. ތަފާތު ރޯލުތައް ކުޅުމަށް އަބަދުވެސް ޝައުގުވެރިކަން ހުރޭ. ބޭނުންވަނީ ބެލުންތެރިން ސަޕްރައިޒްކޮށްލަން. އެހެންވެ އެ ރޯލުމި ކުޅެނީ. ކޮމޮލިކާގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރެވޭތޯ އަހަރެން ބަލާނަން،"

އާމްނާ އަކީ "ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލުން މަޝްހޫރުވި ބަތަލާއެވެ.

އާމްނާ ބުނީ ކޮމޮލިކާ ފަދަ ވަރުގަދަ ރޯލެއް ކުޅެލަން ލިބުމުން އުފާވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމަށެވެ.

ދެހާސް އެއްވަނަ އަހަރު ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމަލިކާގެ ރޯލުން ފެނުނީ އުރްވަޝީ ދޮލާކިއާއެވެ. މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒްއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާންއެވެ.

comment ކޮމެންޓް