ބީއެމްއެލްގެ ހަދިޔާ ނައިފަރު ސްކޫލަށާއި ކުދިންނަށް

ބީއެމްއެލްގެ އެހީގައި ނައިފަރު ސްކޫލުގައި ބެހެއްޓި ޝޭޑުތައް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ އެހީ ލިބުނު އެއް ރަށަކީ ޅ. ނައިފަރެވެ. ރާއްޖޭގެ ނިސްބަތުން ފަސްވަނައަށް އެންމެ އާބާދީ ބޮޑު ނައިފަރުގެ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ނައިފަރުު ޖުވެނައިލް އިން ހުށަހެޅި ޕްރޮޕޯޒަލް ކަމުގޮސް ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން ދޭ 50،000 ރުފިޔާގެ އެހީގައި ޖުވެލަނައިލް އިން މިފަހަރު އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެރަށުގެ ކުޑަކުދިންނާއި ސުކޫލަށެވެ.

ސްކޫލަށް ކުދިން ވަންނަ ސަރަހައްދުގައި މީގެ ކުރިން ހިޔާ ބޮޑު ގަސްތައް ހުރިނަމަވެސް މިހާރު އެ ގަސްތަކެއް ނެތެވެ. ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ކުދިންނާއެކު ތިބެންޖެހެނީ އަވީގައެވެ. މިކަމަށް ހައްލެއް ގެސްދީ ޖުވެނައިލް އިން ވަނީ ސްކޫލު ކުދިންނަށް އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ހިޔާވެވޭނެ ސަރަހައްދެއް ގާއިމްކޮށްދީފައެވެ.

ބީއެމްއެލްގެ އެހީގައި ނައިފަރު ސްކޫލުގައި ބެހެއްޓި ޝޭޑެއްގެ ދަށުގައި ކުދިންތަކެއް މަޑުކޮށްގެން -- ފޮޓޯ: ބީއެމްއެލް

ނައިފަރުގެ މުޖުތަމައަށް އެކި ހިދުމަތްތައް ކޮށްދެމުން އަންނަ ނައިފަރު ޖުވެނައިލްގެ ފަރާތުން "ސަން" އާ ވާހަކަދެއްކި އިސް އޮފިޝަލަކު ވިދާޅުވީ ބީއެމްއެލް ކޮމިޔުނިޓީ ފަންޑަށް އެ ޖަމްއިއްޔާ އިން ހުށަޅި ޕްރޮޕޯޒަލް އަށް އެހީ ލިބުމުން ވިސްނީ ރަށަށް މިވަގުތަށް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ކަމަށާއި ސްކޫލު ސަރަހައްދުގައި ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަން ނިންމީ ޖަމްއިއްޔާގެ މެންބަރުންނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.

"މިކަމުގައި ބެލެނިވެރިންގެ އެއްބާރުލުމާއި ސްކޫލުގެ އެހީތެރިކަން ވަރަށޤ ބޮޑަށް ލިބުނު،" ޖުވެލައިން އިން ބުންޏެވެ.

ކޮމިޔުނިޓީ ފަންޑުން ލިބުނު 50،000 ރުފިޔާ އާއި ޖަމްއިއްޔާގެ ހަރަދުގައި ޖުމްލަ 80،000 ރުފިޔާ ހަރަދުކޮށްގެން ނައިފަރު އިފްތިތާހުގެ ގޯތިތެރޭ ހިޔާވެވެވޭނެހެން ފަސް ބެންޗު ވަނީ ބަހައްޓައިފައެވެ.

"މަސައްކަތް އެއްކޮށް ނިންމާލެވުނީމާ އަސްލު ވަރަށް އުފާވޭ، ނައިފަރު ޖުވެނައިލްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީމާ ވަރަށް އުފާވޭ. ޖުވެނައިލް އަކީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންނަށް ބޭނުންވާ ކަންތައް ފަހިކޮށްދިނުމަށް އޮތް ޖަމްއިއްޔާ އެއް،" ޖުވެނައިލް އިން ބުންޏެވެ.

comment ކޮމެންޓް