އައްޑޫގައި ޑިނގާ އާލާކުރެވިދާނެކަމަށް ދިރާސާއިން ހާމަވެއްޖެ

އައްޑޫގައި ޑިނގާ އާލާކުރެވިދާނެތޯ ދިރާސާ ކުރުން --- ފޮޓޯ: ޝަރީފް/ޓްވިޓާ

އައްޑޫގައި ޑިނގާ އާލާ ކުރެވިދާނެތޯ ބެލުމަށް ކުރި ދިރާސާއިން، އެ ސިޓީގައި އެކަން ކުރެވިދާނެކަމަށް ދައްކައިފި އެވެ.

ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ޑިނގާ އާލާކުރުމުގެ ޕްރޮޖެކްޓާ ގުޅޭގޮތުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ އައްޑޫ ހުޅުދޫގެ "މާފިށިކިޅި" އަދި ތުނޑިޔައިގައި ޑިނގާ އާލާކޮށް ދިރުވުމަށް އެކަށީގެންވާކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެފައިވާ ކަމަށެވެ.

"ކިޅި ވަށައިގެން ކެންވަސް ޕޫލް ހަދައިގެން [ޑިނގާ] އާލާ ކުރެވިދާނެ. މިކަން ކުރާނެގޮތުގެ ވައިޓް ޕޭޕާ އެއް ސައިރިކްސް ކޮލެޖުގެ ޓީމުން އެކުލަވާލާނެ،" ޝަރީފް ވިދާޅުވި އެވެ.

އައްޑޫގައި ޝްރިމްޕް އާލާ ކުރުމުގެ މަސައްކަތް ކުރަނީ ތައިލެންޑުގެ އަވަށެއްގައި އެ މަސައްކަތް ކުރާގޮތް ބަލައިގެން އެ މޮޑެލް އަށެވެ. އެ މަސައްކަތް ކުރެވޭނެތޯ ބެލުމަށް ތައިލެންޑުގެ ތަޖުރިބާކާރުން ވަނީ ދިރާސާއަށް އައްޑޫ އަށް ގޮސްފަ އެވެ.

"ތައިލެންޑްގެ އަވަށެއްގައި ހިންގާ މިފަދަ ޝްރިމްޕް ފާމްތައް ރާއްޖޭގެ ރަށްރަށުގައި ހައްދާ، ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓުވެސް ކުރެވިދާނެ،" ޝަރީފް މީގެކުރިން ވިދާޅުވި އެވެ.

އައްޑޫގައި ޝްރިމްޕް ފާމެއް ގާއިމް ކުރުމާގުޅޭ މަޝްވަރާތައް ސިޓީ ކައުންސިލާއެކުވެސް ވަނީ މިއަދު ކުރިއަށް ގެންގޮސްފަ އެވެ.

https://sun.mv/124150

comment ކޮމެންޓް