އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރު ގައި

އައްޑޫގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ: އިތުރު ފަރުވާއަށް ވަނީ މާލެ ގެނައިސްފައި --- ފޮޓޯ: އައްޑޫ ލައިވް

އިއްޔެ އިރު އޮއްސެނިކޮށް އައްޑޫގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނައިސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައްޑޫ މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ 5:55 އެހާކަންހާއިރު އެވެ. އަދި އަނިޔާވި މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު އަނެއް ސައިކަލް ދުއްވަން އިން މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އައުމުންނެވެ.

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ 55 އަހަރުގެ މީހާ އިތުރު ފަރުވާއަށް މާލެ ގެނައިސްފައިވަނީ ރޭގަ އެވެ.

އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ބުންޏެވެ.

އެކްސިޑެންޓްގައި ދެން އަނިޔާވެފައިވަނީ 17 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އަދި އޭނާ މިހާރު ވެސް އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

comment ކޮމެންޓް