ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައި

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާނެ އުސޫލުތައް ހާމަކޮށްފައެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ގައުމުތަކުން 150 މީހުން އަދި ރިސޯޓްތަކާއި ސިނާއީ ރައްތަކުގައި މަދުވެގެން 50 މީހުން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލްމަހުގެ ފުރަތަމަ ހަފްތާގައެވެ. އެ އިންތިހާބަށް 65 އަކާ 70 މިލިއަނާ ދެމެދުގެ އަދަދެއް ހޭދަވާނެކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަން ކޮމިޝަން ކޮމިޝަންއިން ބުނީ ލޯކަލް އިންތިހާބް މީގެ ކުރިން ބޭއްވި އިންތިހާބްތަކަށްވުރެ ފުރިހަމަ އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ އިންތިހާބްގައި އެންމެ ގިނައިން ފޮއްޓަކަށް ލެވޭނީ 700 ވޯޓުކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް