ހަދަމުން ދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓިއްޖެ

ބިދޭސީންތަކެއް މަސައްކަތުގައި: މިއަދު ބިދޭސީއަކު ވަނީ އިމާރާތެއްގެ ދެވަނަ ފްލޯއިން ވެއްޓިފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގައި ހަދަމުމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 10:45 އެހާކަން ހާއިރު ރައްދެބައިމަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހަދަމުން ދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓިފައިވަނީ 27 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ މީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް