ދަގަނޑޭ ހިމަނައިގެން މިރޭގެ މެޗްގެ ފުރަތަމަ 11 އެކުލަވާލައިފި

ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު: ދޮޅު އަހަރަށް ފަހު ދަނގަޑޭ ވަނީ ގައުމީ ޓީމަށް ނަގައި އަދި ފުރަތަމަ މެޗްގެ ފުރަތަމަ 11 ގައި ވެސް ހިމަނާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ ދިވެހި ގައުމީ ޓީމްގެ ފުރަތަމަ 11 ގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފި އެވެ.

މިރޭ 8:00 ޖަހާއިރު ފަށާ އެ މެޗުގެ، ދެ ޓީމްގެ ފުރަތަމަ 11 މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. އަދި ގައުމީ ޓީމްގެ ފުރަތަމަ11 އާންމުކޮށްފައިވާއިރު ދަނގަޑޭ ވަނީ ލިސްޓްގައި ހިމަނާފަ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ގައުމީ ޓީމުން ބޭރު ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ނައުމުންނެވެ.

ދޮޅު އަހަރުގެ މެދު ކެނޑުމަކަށްފަހު ދަނގަޑޭ އަލުން ޓީމަށް ނަގާފައި މިވަނީ އޭނާ އަމިއްލަ މައާފަށް އެދުމުން ކަމަށް ކޯޗު ޕީޓާ ސެގެޓް ވަނީ ބުނެފަ އެވެ.

ގައުމީ ޓީމްގެ ފުރަތަމަ 11:

  • މުހައްމަދު ފައިސަލް (ގޯލް ކީޕަރު)
  • ނުއުމާން
  • ހުސައިން ޝިފާއު ޔޫސުފް
  • އަލީ އަޝްފާގް
  • އައިޝަމް އިބްރާހިމް
  • ހަމްޒާ މުހައްމަދު
  • އަކްރަމް އަބްދުލްޣަނީ (ކެޕްޓަން)
  • މުހައްމަދު ނާއިމް
  • އިބްރާހިމް މަހްދީ
  • ހައިޝަމް ހަސަން
  • ހުސައިން ނިހާން

ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ މެޗްގައި ގައުމުން ބޭރުގައި ކުޅެ ގުއާމް ގާތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގެ ހަމަ އެކަނި ގޯލް ރާއްޖެއަށް ކާމިޔާބް ކޮށްދީފައިވަނީ އިބްރާހިމް މަހުދީއެވެ.

comment ކޮމެންޓް