30 އަހަރަށް ފަހު އޭދަފުށިން ގޯތި ދޫކުރަނީ

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ތިރީސް އަހަރަށް ފަހު އޭދަފުށިން ގޯތި ދޫކުރަން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ "ސަން" އަށް މިރޭ ވިދާޅުވީ އެރަށުން ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން މިހާރު ލިބިފައިވާ ކަމަށެވެ.

ސަމީހާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފައިވަނީ 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ކަމަށެވެ.

އެ ގޯތިތައް ދޫކުރުމަށް ނިންމައިފައިވަނީ އޭދަފުށީގައި އަލަށް ހިއްކި ސަަރަހައްދުންނެވެ.

ސަމީހާ އިތުރަށް ވިދާޅުވީ ގޯތި ދޫކުރާނެ އުސޫލުތައް މިހާރު ހަދަމުންގެންދާ ކަމަށެވެ.

ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައިވެސް އެރަށުން ގޯތިދޫކުރަން ހަމަަޖައްސައިދިނުމަށް ކައުންސިލްއިން އެދުނުކަމަށްވެސް ސަމީހާ ވިދާޅުވިއެވެ،

ސަމީހާ އިތުރަށް ވިދާޅުވީ އެރަށުން ގޯތި ދޫކުރުމަށް އެދި އާންމުންގެ ގިނަ ބަޔަކު ވަރަށް ގިނައިން އެދެމުންދާ ކަމަށެވެ.

ރަށްރަށުން ގޯތު ދޫކުރުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ގޯތު ދޫކުރަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ވަރަށް ގިނަ ރަށްރަށުން މިހާރު އަންނަނީ ގޯތި ދޫކުރަމުންނެވެ.

comment ކޮމެންޓް