ވެލާނާ އެއާޕޯޓުގެ އާންމު ޓްރެފިކަށް ބަދަލު ގެންނަނީ

އެއާޕޯޓުގެ އާންމު ޓްރެފިކަށް ބަދަލު ގެންނަން ވަނީ ނިންމާފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާންމު ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީވީއައިޕީ މޫވްމެންޓަކާ ގުޅިގެން މާދަމާ އަދި ހަތަރެއް ސެޕްޓެމްބަރުގައި އެއްގަމު އުޅަނދު އެއާޕޯޓަށް މީހުން ބޭލުމަށް ހަމަޖެހިފައިވާ [ޓެކްސީ ޑްރޮޕް އޮފް] ހިސާބުން ފެށިގެން އާންމު ވެހިކަލްތަކަށް ބަންދުވާނެ ކަމަށެވެ.

އެ ދެދުވަހު އެ ސަރަހައްދު ބަންދުވާނީ ހެނދުނު 7:00 އިން 10:00 އަށެވެ.

އަދި ފަސިންޖަރުން ދަތުރުކުރާ އާންމު ބަސްތައް އެމްޓީސީސީ އަދި އެމްޕީއެލް ހުޅަނގުފަރާތު ޕާކިން ހިސާބުން ބަންދުވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް