ސެމީގައި އުޒްބަކިސްތާނު އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމް: އުޒްބެކިސްތާނު އަތުން ބަލިވެ ރާއްޖެއަށް ފައިނަލްގެ ޖާގަ ވަނީ ގެއްލިފައި ----

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ވަރުގަދަ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމް ބަލިވެ ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ނޭޕާލްގެ މެޗުގެ ފުރަތަމަ ސެޓް 20-25 އިން އުޒްބަކިސްތާން ގެންދިޔައިރު، ދެވަނަ ސެޓް ގެންދިޔައީ 19-25 އިންނެވެ. އަދި ތިންވަނަ ސެޓް އުޒްބަކިސްތާނު ކާމިޔާބު ކުރީ 21-25 އިންނެވެ.

ތިން ވަނަ ހޮމާ މެޗުގައި މާދަމާ ރާއްޖެ ގަޑިން 4:15 ގައި ރާއްޖެ ނިކުންނާނީ ތުރުކުމެނިސްތާނާ ދެކޮޅަށެވެ. އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ ފައިނަލުގައި ކުޅޭނީ އުޒްބެކިސްތާނާއި ކިރްގިސްތާނެވެ. މި ދެ ޓީމު ވެސް ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

comment ކޮމެންޓް