ނިޔާވި ހައްޖުވެރިޔާ މައްކާގައި ވަޅުލައިފި

ހައްޖުގެ މަތިވެރިކަން އަދާކުރުމަށް މިނާގައި ހުއްޓައި ސްޓްރޯކެއް ޖެހި، ކޯމާއެއްގައި އޮތުމަށްފަހު ނިޔާވި ފ. ދަރަނބޫދޫ ސީމާ މޫސާ، 38، މައްކާގައި ވަޅުލައިފި އެވެ.

ފިރިމީހާ އާއެކު ހައްޖަށް ދިޔަ ސީމާ އަށް ސްޓްރޯކެއް ޖެހުނީ މި މަހުގެ 12 ވަނަ ދުވަހު މިނާގެ ޓެންޓެއްގައި ހުއްޓަ އެވެ. ސީމާ ނިޔާވީ މިނާ އަލްވާދީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގަ އެވެ.

ސީމާ ވަޅުލާފައި ވަނީ މައްކާގެ އައްޝަރާއިޢު މަޤްބަރާގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުންޏެވެ. ސީމާގެ ކަށުނަމާދު ކޮށްފައި ވަނީ މިއަދު ފަތިސް ނަމާދަށްފަހު ހަރަމްފުޅުގަ އެވެ.

ހައްޖު މިޝަންއިން ބުނި ގޮތުގައި ނިޔާވި ހައްޖާޖީ ފިޔަވާ އެހެން ދިވެހި ހައްޖާޖީންގެ ހާލު ރަނގަޅެވެ.

comment ކޮމެންޓް