ނައިފަރުގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ

ނައިފަރުގައި ފެން ބޮޑުވެފައި ވާތީ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ރޭ ފަތިހުން ފެށިގެން ހުއްޓާނުލައި ޅ. ނައިފަރަށް ވާރޭވެހި ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ އެވެ.

އެ ރަށުގައި ހުރި "ސަން"ގެ ރިޕޯޓަރު ބުނީ ވާރޭ ވެހެން ފެށީ ރޭ ފަތިހު 4:00 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ހުއްޓާނުލާ ބޯކޮށް ވާރޭ ވެހި މުޅި ރަށުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ރަށުގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

ފަސް ގަޑިއެއްހާއިރު ވަންދެން ހުއްޓާނުލާ ބޭކޮށް ވެހުނު ވާރޭގެ ސަބަބުން ނައިފަރުގެ ހަތަރު ގެއަކަށް ފެން ވަދެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ގެތަކަށް އެހީވުމުގެ ގޮތުން ވެލި ބަސްތާ ޖެހުމާއި ފެން ހިދުމުގައި މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ސިފައިން ވެސް ގެންދަނީ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެވެ.

މިދުވަސްކޮޅު މޫސުން ގޯސްވެ، ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް އަންނަނީ ހިނގަމުން އެވެ. އަދި އާންމުންގެ މުދަލާއި ގެދޮރަށް ވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުން އެވެ.

comment ކޮމެންޓް