ހަނގުރާމަ ތަކަށް ޕްރިޔަންކާ ތާއީދު ކުރާ ކަމަށް ބުނެ ފާޑުކިޔުން

ބަތަލާ ޕްރިޔަންކާ---

އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި ނިއުކިއުލާ ހަނގުރާމައެއް އިއުލާނު ކުރުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ތާއީދު ކުރާ ކަމަށް ބުނެ އޭނާއަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

މިދިއަ ހޮނިހިރު ދުވަހު ލޮސްއެންޖެލެސްގައި ބޭއްވި ބިއުޓީ އިވެންޓެއްގައި ޕާކިސްތާނުގެ ރައްޔިތަކު ވަނީ ޕްރިޔަންކާއަށް ފާޑު ކިޔާފަ އެވެ. އޭނާ ފާޑު ކިޔާފައިވަނީ އިންޑިއާ ސިފައިން ޕާކިސްތާނުގެ ޓެރިޓަރީއަށް ދިން ހަމަލާއަކާ ގުޅިގެން މިދިއަ ފެބުރުއަރީ 26 ވަނަ ދުވަހު "ޖެއި ހިންދް" ޖަހާފައި ޕްރިޔަންކާ ކުރި ޓްވީޓާ ގުޅިގެންނެވެ.

އައިޝާ މަލިކް ނަމަކަށް ކިޔާ ޕާކިސްތާނުގެ އެ އަންހެން މީހާ ބުނީ އިންސާނީ ހައްގުތަކުގެ ވާހަކަ ޕްރިޔަންކާ ދެއްކުމުން އަޑުއަހަން އުނދަގޫ ކަމަށެވެ. އަދި ޕްރިޔަންކާއަކީ ބަހާ އަމަލާ ދިމާ ނުވާ މީހެއް ކަމަށް އޭނާ ބުންޏެވެ.

އަދި ޕްރިޔަންކާއަށް ބޮޑަށް ފާޑުކިޔުން އަމާޒުވީ ޔުނިސެފްގެ ޕީސް އެމްބެސަޑަރަކަށް ހުރެ އެ ޓްވީޓް އެގޮތަށް ކުރުމުންނެވެ. އެ ޓްވީޓަކީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިން ހިތްވަރެއް ކަމަށް އައިޝާ ވަނީ ބުނެފަ އެވެ.

"ޕާކިސްތާނު މީހެއްގެ ހައިސިއްޔަތުން އަދި އެތައް މިލިއަން މީހުންނެއް ޕްރިޔަންކާއަށް ސްޕޯޓް ކުރި އެކަމަކު ތި ބޭނުންވަނީ ހަނގުރާމަ." ޕާކިސްތާނުގެ އައިޝާ ބުންޏެވެ.

ޕްރިޔަންކާ ބުނީ އޭނާއަކީ ހަނގުރާމަ ތަކަށް މާ ތާއީދު ކުރާ މީހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ގައުމު ދެކެ ލޯބިވާކަން ހާމަ ކުރި އެވެ.

ޕްރިޔަންކާއާ އެ އަންހެން ކުއްޖާ ސުވާލު ކުރުމުން ޕްރިޔަންކާ ބުނެފައިވަނީ ހަޅޭ ނުލެވުމަށެވެ. އަދި ސެކިއުރިޓީން ވަނީ އެ އަންހެން ކުއްޖާ އަތުން މައިކްވެސް އަތުލާފަ އެވެ.

އެކަމާ ގުޅިގެން މުސްލިމުން އަދި ލާކިސްތާނު ރައްޔިތުންގެ ވަރަށް ބޮޑު ފާޑު ކިޔުމެއް ޕްރިޔަންކާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ޔޫއެންއަށް ގޮވާލަމުން ދަނީ ޕީސް އެމްބެސަޑަރުކަން ޕްރިޔަންކާ އަތުން ނެގުމަށެވެ.

comment ކޮމެންޓް