ހަވާސްގެ އީދު ލަވަ ބަލައިފިންތަ؟ ރީތި ދޯ!

ހަވާސް ގެ އީދު ލަވައިގެ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

މިއަދަކީ މި އަހަރުގެ ބޮޑު އީދު ދުވަހެވެ. އެކި އެކި ބޮޑުބެރި ގުރޫޕްތަކުން އަންނަނީ އީދާ ގުޅުވައިގެން ތަފާތު އީދު ލަވަތައް ނެރެމުންނެވެ. އީދާ އެންމެ އެކަށޭނެ ލަވަތަކެވެ.

މިފަހަރު މިއޮތީ ހަވާސް ބޮޑުބެރު ގްރޫޕްގެ އީދު ލަވައެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭކުން ވިދާލި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ހަމްދާން އާއި އިކްރާމް މުހައްމަދުގެ ހިތްގައިމު އަޑުން "އީދު ވެދުން" ވަނީ އިވިގެން ގޮއްސަ އެވެ.

އެ ލަވައަކީ ހަވާސް ސްޓޫޑިއޯގެ އުފެއްދުމެކެވެ. ރަށުގެ ކުދިން ބޮޑު ރައްޔިތުން ލަވައިން ފެނިގެންދިޔައި އެކަކު އަނެކަކު ގަޔަށް ކުލަޖަހާ މަންޒަރު ފެނިގެން ދިޔަ އެވެ. ނެށުމުގެ ފަރި ހަރަކާތްތައް ވެސް ވަނީ އެ ލަވައިން ފެނިގެން ގޮއްސަ އެވެ. "އީދު ވަންތަ" ސަޅި ލަވައެކެވެ.

ރ. ދުވާފަރުގައި ޝޫޓްކުރި އެ ލަވައިގެ ސިނަމޮޓަގްރަފީ ތައްޔާރުކުރީ ތަސްނީމް ހަސަން (ތައްތި) އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އެޓިއުޑް ބޭންޑެވެ.

އީދު ވެދުން އެ ލަވައިގެ މެލޮޑީ އަދި ލިރިކްސް ތައްޔާރުކުރީ ޔާފިއު އަލީ (ޕިންކޭ) އެވެ.

މި ލަވައަކީ އީދާ އެންމެ އެކަށޭނެ އެއް ލަވަ އެވެ.

comment ކޮމެންޓް