ސެމްސަންގުންވެސް ހެޑްފޯން ޖެކް ދޫކޮށްލައިފި

ސެމްސަންގް ގެލެކްސީ ނޯޓް 10 --

ހެޑް ފޯނު ޖެކު ނުހިމަނާ ފޯނު އުފައްދަން ފެށުމުން ސެމްސަންގުން ވަނީ އެމީހުންގެ ވާދަވެރިންނަށް ވަރަށް ފާޑުކިޔައިފަ އެވެ. އެކަމަކު އުނބަށް ޖަހައި، ސެމްސަންގުން ވެސް ވަނީ އެމީހުންގެ ފޯނުތަކުގައި ހެޑްފޯނު ޖެކު ނުހިމަނަން ނިންމާ އެކުންފުނީގެ ނޯޓް10 ނެރެފަ އެވެ.

ރޭ ލޯންޗުކުރި ސެމްސަންގް ނޯޓް 10 އަކީ އެކުންފުނިން މިހާތަނަށް ނެރުނު އެންމެ ބެޓެރީ ޕަވާ ވަރުގަދަ ފޯނެވެ.

މި ފޯނުތައް ބާޒާރަށް ނެރޭނީ މި މަހު 23 ގަ އެވެ. ރޭ ލޯންޗުކުރި ސެމްސަންގް ނޯޓު 10 ޕްލަސް އަކީ 6.8 އިންޗީގެ ޑިސްޕްލޭ އަކާއެކު ނެރުނު ފޯނެކެވެ. ނޯޓް 10ގެ ޑޮސްޕްލޭގައި 6.3 އިންޗި ހުންނާނެ އެވެ. މި ފޯނުތަކުގެ އަގު އުޅޭނީ 945 ޑޮލަރުން ފެށިގެންނެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 10 --

މި ފޯނުތަކަކީ އެމޮލެޑް ޑިސްޕްލޭ އެއް ހިމެނޭ، އިން ސްކްރީން ފިންގާ ޕްރިންޓް ސްކޭނަރާ އެކު ނެރުނު ފޯނުތަކެކެވެ. ތިން ކެމެރާ، ވަޔަލެސް ޗާޖިން ވެސް ހިމެނޭ ނޯޓް 10 ސީރީޒްގެ ފޯނުތަކުގެ ތެރެއިން ނޯޓް 10 ޕްލަސް އަކީ ތްރީ ޑީކޮށް އިމޭޖު ސްކޭން ކުރެވޭނެ ފޯނެކެވެ.

މިފަހަރު ސެމްސަންގުން ނޯޓް ސީރީޒް ނެރުނީ ރީތި ހިތްގައިމު ކުލަތަކަކާ އެކު އެވެ. މިފަހަރު ސެމްސަންގް ޕެން އަކީ ބްލޫޓޫތް ސަޕޯޓު ކުރާނެ ޑިވައިސް އެކެވެ.

ސެމްސަންގުގެ ނޯޓް ސީރީޒްގެ އާ މޮޑެލް އެއް ރޭ ލޯންޗު ކުރިއިރު، އަންނަ މަހު އެކުންފުނިން ފޯލްޑަބްލް ފޯނުވެސް ބާޒާރަށް ނެރޭނެ އެވެ. އެ ފޯނު ބާޒާރަށް ނެރޭނީ، މީގެ ކުރިނ ފޯނު ލޯންޗު ކުރުމަށް ފަހު ދިމާވި ޑިސްޕްލޭ ފެޅުމުގެ މައްސަލަ ހައްލު ކުުރުމަށް ފަހު އެވެ.

comment ކޮމެންޓް