ޗުއްޓީ ދުވަސްވަރު އެންމެ ފަހު ވަގުތަށް ޗެކްއިން ލަސްނުކުރަން އެދެފި

އެއާޕޯޓުގައި ބޯޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

ކުރިއަށް އޮތީ ދިގު ޗުއްޓީ އަކަށް ވެފައި، ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށްދާ ދުވަސްވަރަކަށް ވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވީހާ ވެސް އަވަހަށް ޗެކް އިން ކުރުމަށް އެދެފި އެވެ.

އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އިން ދަތުރުކުރާ އިންޓަނޭޝަނަލް ފަސިންޖަރުންނާއި ޑޮމެސްޓިކް ފްލައިޓުތަކުގައި ދަތުރުކުރާ ފަސިންޖަރުން އެންމެ ފަހު ވަގުތު ޗެކް އިން އަށް މަޑުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ދިގު ކިއުތަކުން ސަލާމަތްވުމަށް އެންމެ ފަހުވަގުތަށް ޗެކްއިން ލަސްނުކުރުމަށް އިލްތިމާސްކުރަން،"

އީދު ޗުއްޓީ އަށް ރާއްޖޭގެ އެކި ހިސާބުތަކަށާއި ރާއްޖެއިން ބޭރަށް ދިޔުމަށް ގިނަ ބަޔަކު ވަނީ ޓިކެޓު ނަގައި ތައްޔާރުވެފަ އެވެ. އީދު ޗުއްޓީގެ ގޮތުގައި މިފަހަރު ނުވަ ދުވަސް ލިބެ އެވެ.

ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް މިހާރު ހިންގަމުންދާ އިރު އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ވެސް ވަނީ ބޮޑުވެފަ އެވެ.

comment ކޮމެންޓް