މެކޭނިކަލް ޕާކިން ސިސްޓަމްތައް ވަނީ ބާ ދަގަނޑަށް ވެފައި: ނަހުލާ

މިނިސްޓަރު ނަހުލާ މަޖިލީހުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުރީ ބާ ދަގަނޑަށް ވެފައިކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދަޅުވީ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރީ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ޕާކިން ސިސްޓަމްތަކަކީ މި ސަރުކާރަށް އޮތް ބޮޑު ބުރައެއް ކަމަށެވެ.

"އޭގެ ސަބަބުން އެއްވެސް ފައިސާއެއް ރައްޔިތުންނަށް ނުކުރާ ސިސްޓަމްތަކެއް އެއީ. މެކެނިކަމް ނިޒާމުތައް ހުރީ ބާ ދަގަނޑަށް ވެފައި. ސަރުކާރަށް ޖެހެނީ އެތައް ހަރަދެއް ކޮށްގެން އެތަންތައް ނަގަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޕާކު ކުރަން ހާއްސަ ސަރަހައްދުތައް ގާއިމް ކުރަން ބަލާއިރު، އެކަމަށް ހާއްސަ ކުރާނެ ސަރަހައްދުތަކުގައި މި ސިސްޓަމްތައް ހުރުމަކީވެސް ބުރައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ޕާކިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ ދަށުން ވެލާނާގެ އާއި ހީނާމާގޭ ސަރަހައްދު އަދި ގާކޮށީގައި ޕާކިން ސިސްޓަމް ބެހެއްޓުމުގެ އިތުރަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އެ ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރި އެވެ.

މިހާރު ބައެއް ސިސްޓަމްތައް ނަގަމުންދާއިރު، އެ ސަރަހައްދުތައް ޕާކިން އަށް ހާއްސަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

https://sun.mv/118594

comment ކޮމެންޓް