ހަތަރު ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލް އެޅުމަށް ހަވާލުކޮށްފި

ހަތަރު ރަށެއްގެ ސްކޫލުގައި ކްލާސްރޫމް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހަތަރު ރަށެއްގެ ސްކޫލުގައި މަލްޓި ޕާޕަސް ހޯލްއެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް 39.4 މިލިއަން ރުފިޔާއަށް ވޯކް ޕާކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ވޯކްޕާކްގެ ފަރާތުުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރު އަހުމަދު އަފްރާހްއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެވެ.

މަލްޓި ޕާޕަސްގެ ދެ ބުރި އިމާރާތުގައި އިލެކްޓްރިކަލް ރޫމްއަކާއި ކޮންޓްރޯލް ރޫމްއަކާއި ދެ ޗޭންޖިން ރޫމްއެއްގެ އިތުރުން ދަރިންވަރުންނަށް ހަތަރު ފާހާނާއާއި އެކްސެސިބަލް ފާހާނާއެއްގެ އިތުރުން ތިން ސްޓޯރޫމްއަކީ ދެ ރޭމްޕްއެއް ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ޕީއެސްއައިޕީ 2019 ގެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާމަޝްރޫއެއް ކަމަށެވެ. އަދި އަންނަ އަހަރު މާޗްމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އއ. ތޮއްޑޫއާއި ރ. ހުޅުދުއްފާރު ސްކޫލުގައިވެސް ދެ ބުރީގެ މަލްޓި ޕާޕަސްހޯލް އިމާރާތެއް އެޅުމަށް ސޮއިކޮށްފަ އެވެ.

comment ކޮމެންޓް