ގަން އެއާޕޯޓްފައި ތެޔޮ ފާމެއް ތަރައްގީ ކުރަނީ

ސްރީލަންކައިން އެއާލައިންސްގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި---ފޮޓޯ ޓުވިޓާ

ގަން އެއާޕޯޓްގައި ތެޔޮ ފާމެއް ތަރައްގީ ކުރަން އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން ނިންމައިފި އެވެ.

އެ ފާމްތަރައްގީ ކޮށްދޭން ބަޔަކު ހޯދަން އޭއައީއިން މިހާރު ވަނީ އިއުލާންވެސް ކޮށްފައެވެ.

އެ އިއުލާން ބޭރުގެ މަޖައްލާތަކުގައިވެސް މިހާރު ޖަހައިފައިވާ ކަމަށް އޭއައިއޭގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ،.

ތެޔޮ ފާމްއަކީ އާންމުކޮށް ގިނަ އަދަދެއްގެ ތެޔޮ އެއްފަހަރާ ރައްކާކުރުމުގެ ގާބިލްކަން ލިބިގެންވާ ތަނެކެވެ.

އީއައިއޭއިން ބުނީ އެ ފިއުލް ފާމްގެ މަސައްކަތް ހަވާލުކުރާއިރު އިސްކަން ދޭނީ އެކަމުގެ ފަންނާއި ތަޖުރިބާ ހުރި ފަރާތްތަކަށް ކަމަށެވެ.

އަދި އެތަނުން ހިދުމަތް ދޭން ބޭނުންވާ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށްވެސް އީއައިއޭއިން ބުންޏެވެ.

ފިއުލް ފާމް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު ހަތަރު ވަނަ ދުވަހާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ތެޔޮ ފާމް ތަރައްގީ ކުރުމަކީ އޭއައިއޭ ތަރައްގީ ކުރުމުގެ ޕްލޭނުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ

comment ކޮމެންޓް