ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިފި

އިމާރާތްކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާފައިވާކަމަށް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓާގެ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާފައިވާ ކަމަށާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް 40 ޕަސެންޓް ކުރިއަރާފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރޯ މެޓީރިއަލްސް ލިބުން ދަތިވުމުގެ އިތުރުން ބޭންކް ލޯނު ލިބުން ދަތިވުމެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާނެ ސްކިލްޑް ލޭބަރުން މަދުކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އިމާރާތް ކުރުމުގެ ދާއިރާގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު މަދުވުމާއި ފައިސާ ލިބުން ލަސްވުމަކީވެސް އެ ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ކަމަށްވެސް ތިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް