ލަންދޫގެ ނުތާހިރު ގެ އެންމެ ފަހުން ސާފުކޮށްފި

ލަންދޫގެ ނުތާހިރު ގެ އެންމެ ފަހުން ސާފުކޮށްފައި-- ފޮޓޯ: ޓުވިޓާ

ނ. ލަންދޫގައި ހުރި ނުތާހިރުކަން ބޮޑު ގެ އެންމެ ފަހުން ސާފުކޮށްފި އެވެ.

ސިއްހީ ގޮތުން ދިރިއުޅެން ރައްކާތެރި ނޫން ކަމަށް ބުނެ މީގެ ކުރިން އެ ގޭގައި ދިރިއުޅެމުން ދިޔަ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށްވެސް ވަނީ ގެންގޮސްފައެވެ.

އޭގެ ތެރެއިން ބައެއް ކުދިން ސްކޫލަށްވެސް ނުފޮނުވައެވެ.

ލަންދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް އިސްމާއިލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގޭގޭ ސާފުތާހިރުކަން ޖެންޑާ މިނިސްޓްރީން ގަބޫލުކުރާ ވަކި ހަމައަަކަށް ސާފު ކޮށްފިނަމަ ދައުލަތަށް ނެގި ކުދިން އަނބުރާ މައިންބަފައިންނާ ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެެ.

" މިހާރު އެ ގެ ސާފުކޮށް ފާހާނާ ހޮޅި އަޅައި މުށި ޖަހަން އުޅެނީ އަދި އަދި ފެންވައިރު ހޮޅިވެސް އަޅާފައި އޮތީ." އިބްރާހިމް ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެގޭގެ ފާހަނާވެސް ވަރަށް ރީއްޗަށް ވަނީ ސާފުކޮށްފައެވެ. އަދި ކޮޓަރިތަކުގެ ސާފުތާހިރުކަންވެސް ވަރަށް ރަނގަޅެެވެ.

ނަމަވެސް މީގެ ކުރިން އެ ގޭގެ ސާފުތާހިރު ކަމުގެ ހާލަތި އޮތީ ވަރަށް ދަށުގައެވެެ. އެގޮތުން ގޭތެރޭގައި އަންނައުނާ ހިފާ ގެންގުޅޭ އެެއްޗެތި ހުންނަނީ ހަމައެއް ލަމައެއް ނެތި އުކާލައިފައެވެ. އަދި އެތަނުގެ ގިނަ އަދަދެއްގެ ކުނިވެސް ހުއްޓެވެ.

ލަންދޫގެ ނުތާހިރުގެ ކުރިން އޮތް ގޮތް---

އެ ގޭގެ ސާފުތާހިރުކަން ކުޑަވެގެން އެ މައްސަލަ ޖެންޑާ މިނިސްޓްރީން 2015 ވަނަ އަހަރުވެސް ބެލިއެވެ.

comment ކޮމެންޓް