ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

ބޭންކް އޮފް މޯލްޑިވްސ (ބީއެމްއެލް)އިން ދެމުންގެންދާ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު އެކަކުން ދޭކަށް މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރަމުންދާތީ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

މެއިންޓެނެންސްގެ ހިދުމަތް ދަންވަރު ކުރަނީވެސް ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބަލާފައިކަމަށް ބޭންކުން ބުންޏެވެ.

އަދި އެވަގުތުތަކުގައި ހިދުމަތަށް ބޫރު އަރާފާނެތީ އެކަމަށް މާފަށް އެދޭކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކްއިން މިހާރުވެސް ގިނަ އަދަދެއްގެ ހިދުމަތްތައް ދެއެވެ. އޭގެ ތެރޭގައި އެއް އެކައުންޓުން އަނެއް އެކައުންޓުން ފައިސާ ފޮނުވުމާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ބެލުން ފަދަ ހިދުމަތް ހިމެނެއެވެ.

comment ކޮމެންޓް