އާންމު ސިއްހަތުގެ ދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

އެޗްޕީއޭ އާ އެކު ނައިބު ރައީސް ބޭއްވެވި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އާންމު ސިއްހަތުގެ ދާއިރާއިން ރަނގަޅު ކުރަންހުރި ކަންތައްތަކާ މެދު ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކުރައްވައިފި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އާންމު ސިއްހަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންތަތައް ނައިބު ރައީސް ވަނީ އޮޅުންފިލުއްވައިފަ އެވެ. އަދި އެކަންތައް ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އޮޅުންފިލުއްވައި، އާންމު ސިއްހަތަށް ހޭލުންތެރި ކުރުމަށް ޕްރޮގުރާމުތައް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ނައިބު ރައީސް ވަނީ އެޗްޕީއޭ އާއެކު މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންނަށް އާންމު ސިއްހަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން އާންމު ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމަށް ޕްރޮގްރާމުތައް ހިންގުމުގެ މުހިއްމުކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އަންމު ސިއްހަތާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މީޑިއާ މެދުވެރިކޮށް ޕްރޮގްރާމުތައް ހިންގުމުގެ މުހިއްމުކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، އެކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

comment ކޮމެންޓް