އާ އޭޕްރަންގެ ދެވަނަ ފިޔަވަހި ހަތް މަސްތެރޭ ނިމޭނެ: އެމްއޭސީއެލް

ވީއައިއޭގެ އާ އޭޕްރަން-- ސަން ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ތަރައްގީކުރާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަތް މަސްތެރޭ ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިޔުނިކޭޝަންސް، ހަސަން އަރީފް ވިދާޅުވީ އޭފްރަންގެ ފުރަތމަ ފިޔަވަހި ނިންމާލުމަށް 15 މަސް ނެގި ކަމަށާއި އެއީ މަސައްކަތް ކުރުމަށް މޮބިލައިޒް ވުމަށް ވަގުތު ނެގުމުން ކަމަށެވެ. އޭޕްރަންގެ ދެވަނަ ފިޔަވަހި ނިންމަށް ހޭދަވާނީ ހަތްވަރަކަށް މަސް ކަމަށް އޭނާ ވިދާޅުވިއެވެ. އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 65 ހާސް އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ. އެއީ ހަތަރު ވައިޑް ބޮޑީޑް އެއަކްރާފްޓު ނުވަތަ އަށް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ ސަރަހައްދެކެވެ.

އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށްފައިވަނީ 70 ހާސް އަކަމީޓަރުގެސަރަހައްދެއްގައެވެ. މިތަނުގައި ގާތްގަނޑަކަށް ތިން މާސް ކޯޓު އީގެ އެއާކްރާފްޓް ބޭއްވޭނެވެ. މާސް ސްޓޭންޑަކީ އެއް ވައިޑް ބޮޑީ ސްޓޭނ ޑްގައިި ދެ ނެރޯ ބޮޑީ ބޭއްވުމެވެ.

އާ އޭޕްރަންގައި ދެން ހިމެނެނީ ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ އެއް ޑެޑިކޭޓެޑް ސްޓޭންޑެވެ

"ކޮމްބިނޭޝަނަކަށް ބަލާކަމަށް ވަންޏާ، މިތަނުގައި ފަސް ވައިޑް ބޮޑީޑް ބޭއްވިފަ، އަދި އެއް ނެރޯ ބޮޑީޑް ބޭއްވޭނެ. ނޫނީ ދެ ވައިޑް ބޮޑީޑް އެެއާކްރާފްޓް ބޭއްވިފައި، ހަތް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ،" މިއަދު ހުޅުވި އޭޕްރަން އާ ގުޅޭގޮތުން ހަސަން ވިދާޅުވިއެވެެ.

ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކަށް ފައްތައިގެން ތަރައްގީ ކުރާ މި އޭޕްރަންގެ ފުރަތަމަ ފިޔަވަހި ޓެސްޓު ކުރުމަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވެސް ފުރަތަމަ ޕާކު ކޮށްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

"ކުރީގައި ނުހުންނާނެ މާކްކޮށްފައި ސްޓޭންޑެއް. މިހާރު މިހުރީ މާކް ކޮށްފައި ސްޓޭންޑް ބަހައްޓާފައި. އިކުއިޕްމެންޓާއި މީހުން ތިބެންޖެހޭނެ ތަންތަނާއި މަތިންދާބޯޓު އޮންނަންޖެހޭނެ ޕޮޒިޝަނާ ވަދެވޭނެ ހުރިހާ ދިމާއެއް ފާހަގަ ކޮށްފައި. މިއީ ދުނިޔޭގެ އެންމެ މަތީ އެއާޕޯޓުތަކުގަިވެސް ހުންނަ ގޮތަށް. ކުރީގަ އޮންނަނީ މާޝަލް ކުރާ ކުއްޖާގެ އެކްސްޕީރިއަންސްގައި ވައްދާނީ. މިހާރު އެއަށްވުރެ ބޮޑަށް ކެޕްޓަނަށްވެސް އެނގޭނެ ވަންނަންޖެހޭ ލައިންތަކާ މަޑުކުރަން ޖެހޭ ޕޮޒިޝަންތަކާވެސް. އެގޮތުން ބަލާއިރު ބައިނަލްއަގުވާމީ އެހެން އެއާޕޯޓުތަކުގައި އޮންނަންޖެހޭ ސްޓޭންޑާޑަށް މިއޮތީ އައިސްފަ،" އެމްއޭސީއެލްގެ އޮޕަރޭޝަންސްގެ ފަރާތުން އަލީ ނަސީރު ވިދާޅުވިއެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ފިއުލްފާމުގެ މަސައްކަތް ނިމުމުން އެއާކްރާފްޓުތަކަށް ތެޔޮ އެޅުމުގެ ކަންތައް ވެސް އާ އޭޕްރަންގަައި ކުރާނީ ފިއުލް ހައިޑްރެންޓް ސިސްޓަމް ބޭނުންކޮށްގެންނެވެ.

https://sun.mv/121832

comment ކޮމެންޓް