ހުޅުމާލެ ކައިރިން ދޯންޏެއް އަޑިއަށް ގޮސްފި

ހުޅުމާލެ ކައިރިން ދޯނި އަޑިއަށް ދަނީ --

ހުޅުމާލެ ކައިރިން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ދޯންޏަކީ ހިލައާއި ހިލަވެހި ހިފައިގެން ދަތުރުކުރަމުން ދިޔަ "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އެ ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބުނީ މިއަދު 11:54 އެހާކަން ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހުން ތިބި ކަމަށްވެ އެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމެއް އަދި ސާފެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް