ގެއްލިގެން ހޯދަމުން ދިޔަ ސައިކަލު ފެނުނީ މޫދު އަޑިން

މޫދުއަޑން ފެނުނު ސައިކަލު ---ފޮޓޯ/ ޕޮލިސް

ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސައިކަލެއް ނޯތު ހާބަރާ ދިމާލު މޫދު އަޑީގައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރޭ 8:00 އެހާއިރު ނޯތު ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ހޯދަން މޫދަށް ފުއްމާލި މީހަކަށް މޫދު އަޑިން ސައިކަލެއް ފެނިފައިވާ ކަމަށެވެ.

އެމީހުން ފުލުހުންނަށް ރިޕޯޓު ކުރުމުން ގޮސް ބެލިއިރު އެއީ މިއަހަރުގެ އެޕްރީލް 16 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ސައިކަލު ވަގަށް ނެގުމަކީ މާލޭގައި މިހާރު އާންމު ކަމެކެވެ. ގެއްލިގެން ސައިކަލު ހޯދަން ފުލުހުން ވަރަށް ގިނައިން އިއުލާނު ކުރެ އެވެ.

comment ކޮމެންޓް