ކަސްޓަމްސް އިން އަތުލައިގެންފައިވާ ބަނގުރާ، ސިނގިރޭޓު، އަދި އޫރުމަސް ނައްތާލައިފި

ކަސްޓަމްސް އިން އަތުލައިގެންފައިވާ ބައެއް ތަކެތި ތިލަފުށީގައި ނައްތާލަނީ -- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސްއިން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ސިިނގިރޭޓު، ބަނގުރާ ފުޅި އަދި އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން އެ ތަކެތިެ ނައްތާާލާފައި ވަނީ ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގައި ދެ ދުވަހެއްގެ މަތިންނެވެ.

އިއްޔެ ނައްތާލި ތަކެތި:

  • 8000 ސިގިރޭޓު
  • 465 ލީޓަރުގެ ބަނގުރާ
  • 30 ކިލޯގެ އޫރުމަސް

އިއްޔެގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުވެސް ގިނަ އަދަދެއްގެ ތަކެތި ކަސްޓަމްސް އިން ނައްތާލާފައިވެއެވެ.

ހަ ވަނަ ދުވަހު ނައްތާލި ތަކެތި:

  • 20،871 ބަނގުރާ ފުޅި
  • 4279 ބިޔަރު ދަޅު
  • 27 ޕެކެޓުގެ ބަނގުރާ
  • 764.53 ކިލޯގެ ދުންފަތް
  • 2865 ސިގިރޭޓު ޕެކު
  • 3241 ސިގިރޭޓު ކާޓަން

އެ ދެ ދުވަހު ނައްތާލި ތަކެއްޗަަކީ ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލު ކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.

comment ކޮމެންޓް