އަޅުގަނޑަށް ދައުވާ ކޮށްފައި ވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރީތީ: އާޒިމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭރު ހުންނެވި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އޭނާއަށް ކުރަނީ ކުރީގެ ރައީސް ޔާމީންއަށް މަނީ ލޯންޑާ ކުރަން އެހީތެރިވިކަމުގެ ތުހުމަތުގައެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ އޭސީސީއިން ކުރި ތަހުގީގަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ދޮގު މައުލޫމާތުތަކެއް ދިނުމުގެ ތުހުމަތުގައެވެ.

އިއްޔެ އާޒިމާ ވަނީ ކްރިމިނަލް ކޯޓަށް ވަޑައިގެން ދައުވާތަކާ ގުޅޭ ލިޔުންތަކާ ހަވާލުވެވަޑައިގެންފައެވެ.

އިއްޔެ އާޒިމާ ވަނީ ކްރިމިނަލް ކޯޓަށް ވަޑައިގެން ދައުވާތަކާ ގުޅޭ ލިޔުންތަކާ ހަވާލުވެވަޑައިގެންފައެވެ.

އާޒިމާއަށް ކުރާ ދައުވާތަކާ ގުޅިގެން ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، އޭނާ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމަށާއި، ބޭނުންވި ނަމަ މުއްސަނދިވެސް ވެވުނީސް ކަމަށެވެ. އެކަމަކު، ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ތަރުބިއްޔަތު ކުރީ، ހައްގު ނޫން ފަައިސާގައި އަތް ނުލުމަށާއި އަމިއްލަ ނަފުސަށް ތެދުވެރިވުމަށް. އެހެންވީމާ ފަހުރުވެރިކަމާއެކު އަޅުގަނޑުގެ އަމިއްލަ ނަފުސަށް ބުނެވޭނެ އެއްވެސް މަގާމެއްގައި ހުރެގެން ކޮރަޕްޝަނުގެ ފައިސާއެއް ނުވަތަ ހަދިޔާއެއްވެސް ނަގާފައި ނުވާނެކަމަށް،" އާޒިމާ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންއަށް މަގުފަހިކުރިކަމަށް ބުނެ ދައުވާ ކުރާ އިރު އޭނާގެ މިހާރުގެ މާލީ ހާލަތު ގާތް މީހުންނަށް އެނގޭނެ ކމަށް އާޒިމު ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާތައް ކޮށްފައި ވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކޮށްގެން ކަމަށެވެ. އެކަމުގެ ތަފްސީލުތައް ޝަރީއަތުގައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ހައްގު ނޫން ދައުވާއެއް ކޮށްގެން އޭނާގެ އަޑު ކަނޑުވާލަން ބަޔަކު އުޅޭ ކަމަށެވެ. އަދި އޭނާ އަކީ އެކަނިވެރި މަޔަކަށް ވީތީ ދައުވާގެ ނުރައްކާ އޭނާއަށް ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. އެއްވެސް ގޯސްކަމެއް ކޮށްފައި ނުވާނެ ކަމަށާއި ދައުވާއާ ކުރިމަތިލާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

https://sun.mv/118565

އާޒިމާއަށް މި ދެ ދައުވާ ކުރާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގްގެ ދައުވާ ކޮށް، އެ ޝަރީއަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް